logoEN
cocacola
އީޔޫގެ 20 މިލިއަން ޔޫރޯގެ އެހީއެއް ފަލަސްތީނަށް

އީޔޫގެ 20 މިލިއަން ޔޫރޯގެ އެހީއެއް ފަލަސްތީނަށް

އައިޝަތު އިފާޝާ

logo

8/4/2022, 1:29:10 PM

# ކޮވިޑް-19# ފަލަސްތީން# ޔޫރަޕިއަން ޔޫނިއަން

.

ފަލަސްތީނުގެ ކޮވިޑް ވެކްސިން ކޭމްޕަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 20 މިލިއަން ޔޫރޯގެ އެހީއެއް ދީފައިވާ ކަމަށް ގުދުސްގައި ހުންނަ އީޔޫގެ މަންދޫބުގެ އޮފީހުން ބުނެފިއެވެ.

ގޮސިޔާ

އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) އިން ހުއްދަދީފައިވާ ކޮވިޑް-19 ވެކްސިންގެ ހަރަދުތަކަށް އެހީތެރިވުމުގެ ގޮތުގް އީޔޫ އިން، ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) އަށް މި އެހީ ދީފައިވާ ކަމަށާއި، އަދި ޕީއޭ އިން ގަނެފައިވާ ވެކްސިންތަކުގެ އަގުވެސް އީޔޫއިން ދައްކާފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮވިޑް-19 ވެކްސިން ގަތުމަށް ހިނގާ ހަރަދުތައް އަނބުރާ ދެއްކުމަކީ، މާލީ ގޮތުން ދަތި ހާލަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް މާލީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކުގެ ތެރެއިން ބައެއް އަދާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، ފަލަސްތީނުގެ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ފަލަސްތީނިއަން އޮތޯރިޓީއަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ފައިސާ އާއެކު، ފުދުންތެރި، މިނިވަން، ޑިމޮކްރެޓިކް އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތަކަށް ތައްޔާރަށް އޮތް ޖަވާބުދާރީކުރުވަނިވި މުއައްސަސާތައް ބިނާކުރުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އީޔޫއިން ވަނީ ތަކުރާރުކޮށް ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ