
ފަލަސްތީނު އޮތޯރިޓީގެ ގެ ރައީސް
މާލީ އެހީތެރިކަމަށް ފަލަސްތީނު އޮތޯރިޓީއިން އަރަބި ގައުމުތަކަށް ގޮވާލައިފި އެވެ.

މިފަދައިން ފަލަސްތީނު އޮތޯރިޓީގެ ފަރާތުން ގޮވާލެއްވީ ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްއެވެ. އައްބާސް މިއަދު ވަނީ އަރަބި ލީގު ސަމިޓުގައި އަރަބި ގައުމުތަކުގެ ވެރިކަންނާއި މުހާތަބުކޮށް ތަގުރީރުކުރައްވާފައި އެވެ.
ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބައިވެރިންގެ ފަރާތުން ފަލަސްތީނު ސަރުކާރަށް އުއްމީދުކުރި ފަދަ މާލީ އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށް މަހްމޫދުގެ ތަހުގީގައި ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ އަރަބި ސޭފްޓީ ނެޓް އެކްޓިވޭޓްކޮށް، ރައްޔިތުންގެ ރެޒިލިއަންސް އިތުރުކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަގު ފަހިކޮށްދިނުމަކީ މިހާރު ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ސަރުކާރަށް މާލީ އެހީ ފޯރުކޮށްދެއްވުމަށް މަހުމޫދު ގޮވާލެއްވި އެވެ.
ޔަހޫދީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހުއްޓުމެއް ނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މުޅި ޣައްޒާ އޮތީ އުމްރާނީ ގޮތުންވެސް އެއްކޮށް ސުންނާފަތު ވެފައި އެވެ.
ގުޅުންހުރި
.webp&w=3840&q=75)
ފަލަސްޠީނުގެ ޙައްޤުތައް ހޯދައި ދިނުމާބެހޭ މަތީފަންތީގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެ

ޔަހޫދީންގެ ބަޑީގެ ހަމަލާއެއްގައި ފަަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ

ޔަހޫދީން ޣައްޒާގެ ސްކޫލަކަށާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
