logoEN
cocacola
ޗައިނާގެ އިންޒާރަށް ބެލުމެއް ނެތި ޕެލޯސީ ޓައިވާނަށް!

ޗައިނާގެ އިންޒާރަށް ބެލުމެއް ނެތި ޕެލޯސީ ޓައިވާނަށް!

އަލްފާ އަލީ

logo

8/2/2022, 9:08:09 PM

# އެމެރިކާ# ޓައިވާން# ޗައިނާ# ނޭންސީ ޕެލޯސީ

_126115511_mediaitem126114655

ޗައިނާގެ އިންޒާރަށް ބެލުމެއްނެތި އެމެރިކާގެ ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިއެވެ.

ގޮސިޔާ

ޕެލޯސީ ޓައިވާނަށް ވަޑައިގެންފައިވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޕެލޯސީގެ މިދަތުރުފުޅާ އެކު އޭނޭ ވެގެންމިދިޔައީ ފާއިތުވި 25 އަހަރުގައިވެސް ޓައިވާނަށް ދަތުރުކުރި އެމެރިކާގެ އެންމެ އިސް އޮފިޝަލަށެވެ.

ޕެލޯސީގެ މިދަތުރުފުޅުގައި ޓައިވާނުގެ ރައީސް އާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. އެކަމަކު ޓައިވާނުން އަންނަނީ އެގައުމަކީ މިނިވަން ގައުމެއްކަމަށް ބުނަމުންނެވެ. ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބޭއްވުމަށް އަސްކަރީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ޗައިނާއިން އެކަަން ކުރާނެ ކަމަށް އެނެލިސްޓުން ދެކެ އެވެ.

ޕެލޯސީ ޓައިވާނަށް ގޮސްފި ނަމަ "ހަރުދަަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް" އަޅާނެ ކަމަށް ޗައިނާއިން އޮތީ ބުނެފައެވެ. އެހެން ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ޗައިނާއިން ހާމަކޮށަފައިނުވެއެވެ.

ނަމަވެސް ޗައިނާގެ އަަސްކަރީ އުޅަނދުތައް މިހާރު ވަނީ ޓައިވާން ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. އަދި މިއޮޕަރޭޝަނުގައި ލައިވް ވަޒަނާއި ހަތިޔާރު ބޭނުން ކުރާނެ ކަމަށް އޮތީ ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ