މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ސާވޭތައް ފަށައިފި
# މިނިސްޓްރީ އޮފް އިންފްރާންސްޓަކްޗާ، ހައުސިންގް، އާބަން ޑިވެލޮޕްމަންޓް# މާލެ ސިޓީ# ޗައިނާ# ވިލިމާލެމާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ސާވޭގެ ތެރެއިން- ފޮޓޯ: އިންފްރާސްޓަކްޗާ މިނިސްޓްރީ
މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ސާވޭތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާ، ހައުސިންގް އެންޑް އާބަން ޑެވެލޮޕްމަންޓް އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތާ ގުޅޭ ސަރަހައްދުތައް ސާވޭކުރުމާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް މިއަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއު ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާއިރު، ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެެރޭގައި ވަނީ މި މަސައްކަތުގެ ޑިޒައިނިންގް މަރުހަލާ ފެށުމާއި ގުޅޭ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފަ އެވެ. މި މަޝްރޫއުގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ، ޗައިނާގެ އެޖެންސީތައް މެދުވެރިކޮށެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ތަރައްގީކުރާނީ، ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި، ސްޓޯމް ވޯޓާ ނިޒާމާއި، ފަޔާ ހައިޑްރަންޓުގެ ނިޒާމުވެސް ގާއިމުކޮށްގެންނެވެ.
ގުޅުންހުރި
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ސާވޭތައް ފަށައިފި

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި




