
-
ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު ޗައިނާއިން ރާއްޖެ އަށް ޒިޔާރަތްކުރީ 107،544 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރު މިހާތަނަށްވެސް ޗައިނާއިން ވަނީ 136،459 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެއީ 26% އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކަށް ޗައިނާ ވީއިރު، މި އަހަރުގެ ފުރަތަމަ 3 ހަފްތާތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ ލިސްޓުގެ 6 ވަނަ އަށް ޗައިނާ ވަނީ ވެއްޓިފަ އެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަނެއްކާވެސް އެ ގައުމުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވަނީ މަތިވެފަ އެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތައް:
ޗައިނާ: 136،459 ފަތުރުވެރިންރަޝިއާ: 117,052 ފަތުރުވެރިންއިނގިރޭސިވިލާތް: 76,339 ފަތުރުވެރިން
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާއިރު، މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ 886،545 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.2% ދަށް އަދަދެކެވެ.
ގުޅުންހުރި

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ޗައިނާގައި ބަޑިބޭހުގެ ތަކެތި އުފައްދާ ފެކްޓަރީއެއް ގޮވައި 21 މީހަކު މަރުވެއްޖެ

10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި




