logoEN
WAMCO TOP 1
ޗައިނާގައި ބަޑިބޭހުގެ ތަކެތި އުފައްދާ ފެކްޓަރީއެއް ގޮވައި 21 މީހަކު މަރުވެއްޖެ

ޗައިނާގައި ބަޑިބޭހުގެ ތަކެތި އުފައްދާ ފެކްޓަރީއެއް ގޮވައި 21 މީހަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

5/5/2026, 6:14:49 AM

# ޗައިނާ

-

ޗައިނާގެ ހުނާން ޕްރޮވިންސްގައި ހުންނަ ބަޑިބޭހުގެ ތަކެތި އުފައްދާ ފެކްޓްރީއެއްގައި ގޮވުމެއް ގޮވައި 21 މީހުން މަރުވެ 61 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ބުނެފި އެވެ.

THE TRAVELLER AD

ލިއުއަންގް ސިޓީގައި ހުންނަ ހުއާޝެންގް ފަޔަރވޯކްސް ޕްލާންޓުގައި ގޮވުން ހިނގާފައިވަނީ ހޯމަ ދުވަހުގެ އެގައުމުގެ ގަޑިން 16:40 ހާއިރު (ޖީއެމްޓީ 08:40 ގައި) އެވެ. އެ ޕްލާންޓާ 3 ކިލޯމީޓަރު (1.9 މޭލު) ރޭޑިއަސްގައި ތިބި އެންމެން މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ކަމާބެހޭ ފަރާތްތަކުން ހާދިސާ ހިނގި ސަރަހައްދަށް ގާތްގަނޑަކަށް 500 މީހުން ފޮނުވާފައިވާއިރު، އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ހޯދުމަށް ރޮބޮޓްތައް ދަނީ ބޭނުންކުރަމުންނެވެ.

ގޮވުން ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުން މިހާރުވަނީ ފެކްޓަރީ ހިންގާ ކުންފުނީގެ އިސް ފަރާތަކާއި މެދު "ކޮންޓްރޯލް ފިޔަވަޅުތަކެއް" އަޅާފައިއެވެ. ނަމަވެސް ހައްޔަރުކުރި ކަމެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި ޒަހަމްވި މީހުންގެ އުމުރަކީ 20 އަހަރާއި 60 އަހަރާ ދެމެދެވެ. އެގޮތުން ޒަހަމްވި ގިނަ މީހުންނަކީ އެފެކްޓަރީއާއި މާދުރު ނޫން ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އާންމުންނެވެ.

ކޮމެންޓް
ފަހުގެ
HDC