logoEN
WAMCO TOP 1
ވެނެޒުއޭލާގެ ނުރައްކާތެރި ގޭންގް ލީޑަރު ނީނިއޯ ގުއެރޭރޯ، އެމެރިކާގެ ޙަމަލާއެއްގައި މަރާލައިފި!

ވެނެޒުއޭލާގެ ނުރައްކާތެރި ގޭންގް ލީޑަރު ނީނިއޯ ގުއެރޭރޯ، އެމެރިކާގެ ޙަމަލާއެއްގައި މަރާލައިފި!

އަހުމަދު ޝުރާއު

logo

6/13/2026, 8:59:51 AM

# އެމެރިކާ

-

ވެނެޒުއެލާގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ "ޓްރެން ޑި އަރާގުއާ" ގެ ބާރުގަދަ އަދި ނުފޫޒުގަދަ ލީޑަރު ހެކްޓަރ ރުސްތެންފޯޑް ގުއެރޭރޯ ފްލޮރެސް (ނީނިއޯ ގުއެރޭރޯ)، އެމެރިކާ ސިފައިން ދިން ވަރުގަދަ ޙަމަލާއެއްގައި މަރާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ.

THE TRAVELLER AD

އެމެރިކާ ސަރުކާރުން ވަނީ މި ގޭންގަކީ ދުނިޔޭގެ ފެންވަރުގައި ހަރަކާތްތެރިވާ "ޓެރަރިސްޓް" ޖަމާޢަތެއްގެ ގޮތުގައާއި މަސްތުވާތަކެތި އެތެރެކުރާ ބޮޑު ކާޓެލްއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ރައީސް ޓްރަމްޕް އެމަނިކުފާނުގެ "ޓްރޫތް ސޯޝަލް" ގައި ހުކުރު ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ސީދާ އަމުރަށް އެމެރިކާގެ ސަދަން ކޮމާންޑުން ދިން ހަލުވި އަދި ނުރައްކާތެރި ކިނެޓިކް ސްޓްރައިކެއްގައި ނީނިއޯ ގުއެރޭރޯ މަރާލުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި މި އަސްކަރީ ޚާއްޞަ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ވެނެޒުއެލާ ސަރުކާރާ ގުޅިގެން ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.

ވެނެޒުއެލާ ސަރުކާރުން ނެރުނު ބަޔާނެއްގައި، އެ ޤައުމުގެ އިރުދެކުނު ބޮލީވަރު ސްޓޭޓުގައި ހިންގި މި އޮޕަރޭޝަނުގައި ބައިވެރިވިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ގޭންގު ލީޑަރު ފްލޮރެސް މަރުވީ ގޭންގުގެ މެންބަރުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގެ ތެރޭގައި ކަމަށްވެސް ވެނެޒުއެލާ ސަރުކާރުން ބުނެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހަފުތާގެ ކުރީކޮޅު ދިން މި ޙަމަލާ އަމާޒުކޮށްފައިވަނީ ވެނެޒުއެލާގައި ހުރި ޓްރެން ޑި އަރާގުއާގެ މަރުކަޒަކަށް ކަމަށެވެ. މި އޮޕަރޭޝަނުން ދޭހަކޮށްދެނީ މަސްތުވާތަކެތި އެތެރެކުރާ ޓެރަރިސްޓުންނާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި ވެނެޒުއެލާގެ މެދުގައި އޮތް ވަރުގަދަ ގުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓްރެން ޑި އަރާގުއާ" ގޭންގަކީ އެންމެ ފުރަތަމަ ވެނެޒުއެލާގެ އަރާގުއާ ސްޓޭޓްގެ ނުރައްކާތެރި ޖަލެއްގެ ތެރެއިން އުފެދިގެން އައި ބައެކެވެ. އެތަނުން ފެށިގެން އެމީހުން ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކާއި ޖިނާއީ ބޮޑެތި ކުށްތައް މުޅި ސަރަޙައްދުގައި ފަތުރާފައެވެ. މި ގޭންގުގައި ދެކުނު އެމެރިކާއާއި އެމެރިކާގެ އެކި ސަރަޙައްދުތަކަށް ބެހިފައިވާ 7،000 އެއްހާ މެންބަރުން އުޅެއެވެ.

ކޮމެންޓް
ފަހުގެ
HDC