logoEN
cocacola
އެމެރިކާގެ ރައީސް އަނެއްކާވެސް ކޮވިޑަށް ފައްސިވެއްޖެ

އެމެރިކާގެ ރައީސް އަނެއްކާވެސް ކޮވިޑަށް ފައްސިވެއްޖެ

އައިޝަތު އިފާޝާ

logo

7/31/2022, 6:45:59 AM

# ކޮވިޑް-19# ޖޯއި ބައިޑަން

Biden

އެމެރިކާގެ ރައީސް ޖޯއި ބައިޑަން ކޮވިޑް-19 އިން ނެގެޓިވްވިތާ 3 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑަށް ފައްސިވެއްޖެއެވެ.

ގޮސިޔާ

ބައިޑަންގެ ފިޒީޝަން ޑރ ކެވިން އޮކޯނަރ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮވިޑަށް ފައްސިވެފައިވީ ނަމަވެސް ރައީސް ބައިޑަންގެ ފަރާތުން އާ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު ރަގަޅުކަމަށްވެސް އޭނާ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ބައިޑަން އަނެއްކާވެސް ކޮވިޑަށް ފައްސިވެފައިވާކަން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަވެސް އެެމަނިކުފާނާއެކީ މަސައްކަތްކުރައްވާ އެންމެންގެ ސަލާމަތަށްޓަކައި އައިސޮލޭޓް ވާ ކަމަށެވެ.

ވައިޓް ހައުސް އިން ބުނިގޮތުގައި ބައިޑަންއަށް ޖެހިފައިވަނީ ބީއޭ.5 ވޭރިއަންޓްގެ ކަމަށާއި، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޭސްތައް އިތުރުވަމުންދަނީ މި ވޭރިއަންޓުގެ ސަބަބުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ