logoEN
cocacola
ޔޯގާއާއި ގުޅިގެން މައުމޫން ނެރުއްވި ދިރާސީ ރިޕޯޓަށް ރައީސް ނަޝީދުގެ ތާއީދު

ޔޯގާއާއި ގުޅިގެން މައުމޫން ނެރުއްވި ދިރާސީ ރިޕޯޓަށް ރައީސް ނަޝީދުގެ ތާއީދު

އައިޝަތު އިފާޝާ

logo

7/28/2022, 2:01:36 PM

# ރައީސް ނަޝީދު# ރައީސް މައުމޫން# ޔޯގާ

majlis-nasheed-raees-1

ދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްތަކާއި، ހަލާލު ކުރައްވާފައިވާ ކަންތައް ކަނޑައެޅުމާއި އެކަންތައް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ދިރާސާގެ މައްޗަށް އެކުލަވާލި ރިޕޯޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ.

ގޮސިޔާ

ރައީސް މައުމޫން ދިރާސާކޮށް ނެރުއްވި ރިޕޯޓު ހިއްސާކޮށް އެމްއާރްއެމް އިން ނެރުނު ބަޔާން ރީޓްވީޓްކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމްއާރްއެމްގެ ބަޔާނަށް އެމަނިކުފާނު ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށެވެ.

ރައީސް މައުމޫން ނެރުއްވި ދިރާސީ ރިޕޯޓުގައިވަނީ، އިސްލާމްދީނުގައި ހަރާމް ކުރައްވާފައިިވާ ކަންތައް ހަރާމް ކުރައްވާފައިވާ ސަބަބުތަކާއި، ކަމެއް ހަރާމް ކަމުގައި ކަނޑައެޅުމަށް ބައްލަވާ މިންގަނޑުތައް ހާމަކޮށްފައެވެ.

މައިގަނޑު ގޮތެއްގައި ޔޯގާ ހަރަކާތާއި ގުޅިގެން ރައީސް މައުމޫނު ނެރުއްވި ބަޔާނުގައިވަނީ، ޔޯގާހެދުމާއި ލަވަ ކިޔައި މިއުޒިކް ކުޅުމުގައި ހަރާމް ކަމެއް އެކުލެވިގެން ނުވާ ނަމަ އެކަމަކީ ހަރާމް ކަމެއް ކަމުގައި ކަނޑައެޅޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ޙަރާމް ކަމެއް އެކުލެވިގެން ވާ ނަމަ ނުވަތަ އެ ކަމަކީ ޙަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާ ނަމަ، އެ ކަމެއް ޙަރާމް ވާނެކަން ޔަޤީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޔޯގާ ހަރަކާތަކީ އިންޑިއާގެ ހިންދޫ ދީނުގެ ސަގާފަތެއްގެ ތެރެއިން އައިސްފައިވާ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނޭ ކަމަކަށްވުމުން، އެކަމަކީ މުސްލިމުންނަށް ހުއްދަވެގެންވާނެ ކަމެއް ނޫންކަމަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ