.jpg&w=3840&q=75)
ނަޝީދު އެދިވަޑައިގަތީ މެންބަރެއްގެ ގޮތުގައި ލިބޭ މުސާރަ އުނިކޮށްދޭން
# ރައްޔިތުންގެ މަޖިލިސް# ރައީސް ނަޝީދުކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށްދިނުމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމްއަށް އެޑްރެސްކޮށް ރައީސް ނަޝީދު ފޮނުއްވި ސިޓީއެއްގައި، ވިދާޅުވެފައިވަނީ، އެމަނިކުފާނު މިވަގުތު ހުންނެވީ ކްލައިމެންޓް ވަލްނަރަބްލް ފޮރަމްގެ ފުރަތަމަ ސެކްރެޓެރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގާނާގައި ކަމަށެވެ.
އެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، މިއިން ކޮންމެ ކަމެއްގައި ރަސްމީކޮށް ކަންކަން ހިންގުމަށް ވަރަށް ވަގުތު ނަގާ ކަމަށާއި، އެގޮތުން މި މަސައްކަތާވެސް ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ އެތައްކަމެއް ކުރެވި، މާޗް މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓޭރިއަޓްއާ ބެހޭ ޤަރާރު ފާސްކޮށްފައިވާ ކަމަށެވެ.
"އެހެންކަމުން، އޭޕްރިލް 2024 އިން ފެށިގެން މިދައުރުގައި ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަމެވެ." ރައީސް ނަޝީދު ސިޓީގައި ވިދާޅުވެފައިވެއެވެ.
ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައީސް ނަޝީދު އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ މަގާމު އަދާކުރެއްވުމަށް ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގެންނެވިކަން ރައީސް ނަޝީދު އިއުލާން ކުރެއްވި ނަމަވެސް އެމަނިކުފާނު ހުންނެވީ މަޖިލިސް މެމްބަރެއްގެ މަގާމުގައެވެ.
ގުޅުންހުރި

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން - ނަޝީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި
