logoEN
cocacola
ރައީސް މައުމޫނުއާއި އީދު ސަލާމް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ރައީސް މައުމޫނުއާއި އީދު ސަލާމް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

4/9/2024, 5:38:58 PM

# ރައީސް މައުމޫން

ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އީދު ސަލާމްކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ގޮސިޔާ

ރައީސް މައުމޫން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢީދު ސަލާމް ކޮށްލެއްވުމަށް އެމަނިކުފާނާއި ބައްދަލުކޮށްލެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް މާދަމާ ވަގުތުކޮޅެއް ހުސްކޮށްލަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އީދު ސަލާމްކުރައްވައި އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހެނދުނު 9:30 އިން 11:00 އަށް މ. އެންދެރިމާގޭގައި އެ އިންތިޒާމު ހަމަޖެހިފައިވާނެކަން މައުމޫން ވިދާޅުވިއެވެ.

View post on Twitter

މިއީ ރައީސް މައުމޫން ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުން އީދު ސަލާމް ކުރެއްވުމަށް މިފަދަ އިންތިޒާމެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި ކޮންމެ އީދަކާއި ދިމާކޮށް ރާއްޖޭގެ އޭރެއްގެ ރައީސުލްޖުމްހުރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އީދު ސަލާމް ކުރެއްވުން ކުރިޔަށް ގެންދައެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން މާދަމާ އީދު ސަލާމް ކުރެއްވުމުގެ އިންތިޒާމުތައް ސަރުކާުން ވަނީ މިހާރު ހަމަޖައްސާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ