
އެމްޑީޕީން މަސައްކަތް ކުރީ މެނިފެސްޓޯއާ ދެކޮޅަށް, ވޯޓުދޭންޖެހޭ ސަބަބެއް ނެތް - ނަޝީދު
# ރައީސް ނަޝީދު--
އެމްޑީޕީން ވެރިކަމުގެ ދަޢުރު ނިންމާލީވެސް ވަޢުދުވި ކަންކަމާ ޚިލާފުވެގެންކަމަށާއި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ކެމްޕޭން ރެލީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ 2018ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ޢިއުލާންކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރުވެސް އޮތީ އޮތް ގޮތަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ, ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުން ފަދަ މުހިންމު ބަދަލުތަކެއް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަން ފެށި ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބި ކަމަށެވެ.
އީޤްތިޞާދު ކުރިއެރުވުމަށްބުނެ އެމްޑީޕީން ކުރަންބުނި މަސައްކަތްތައްވެސް ހުއްޓިފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ, އޭގެ ބަދަލުގައި އިންތިހާއަށް ރާއްޖޭގެ ދަރަނި ބޮޑުވެގެންދިޔަ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވާލައި ނަޝީދު ވިދާޅުވީ, ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔައިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައިވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންވީ އިހުމާލުކަމަށާއި އެ މައްސަލައިގައި ރައީސް ޔާމީން ހައްޔަރުކޮށް، މައްސަލާގައި ހިމެނޭ އެހެން އެންމެން ދޫކޮށްލީކަމަށެވެ. މީގެ އިތުރުން ކޯވިޑްގެ ނުރައްކަލުގެ ހާލަތުގައިވެސް ފަރުވާއަށް ހޯދަންބުނި ވެންޓިލޭޓަރުތަކުގެ މައްސަލައަކީވެސް ބޮޑު އިހުމާލެއްކަމަށެވެ.
ގުޅުންހުރި

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"
