logoEN
cocacola
ތެލަށް ކުރާ ޚަރަދު ދެގުނައަށް އިތުރުވެއްޖެ

ތެލަށް ކުރާ ޚަރަދު ދެގުނައަށް އިތުރުވެއްޖެ

އަލްފާ އަލީ

logo

7/26/2022, 4:42:58 PM

# ކަސްޓަމްސް# ތެލުގެ އަގު

EFF2C692-240B-4660-98E4-03E21E263A71

މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާއި، މިއަހަރުގެ ހަމަސް ދުވަހު ރާއްޖެއިން ތެލަށް ކުރި ޚަރަދު ދެގުނައެއްހާ މިންވަރަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ގޮސިޔާ

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން ހަ ބިލިއަން ރުފިޔާ ތެލަށް ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ތެޔޮ އެތެރެކުރަން ހޭދަވީ 3.1 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 95 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއިން އާންމުކޮށް އެތެރެކުރާ ތެލުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޑީސަލް، ޕެޓްރޯލް އަދި ޖެޓް ފިއުލް އެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑުތަނުން އުފުލިފަ އެވެ. އެހެންވެ، މިއަހަރުގެ ދެވަނަ ކުއާޓާގައި އެކަނި ވެސް ރާއްޖެއިން ތިން ބިލިއަން ރުފިޔާ ތެލަށް ހޭދަކޮށްފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާގުޅިގެން މި އަހަރުގެ ތެރޭ އެސްޓީއޯއިން ވަނީ ތެޔޮ ވިއްކާ އަގަށް ދެ ފަހަރަކު ބަދަލުގެނެސްފަ އެވެ. އެގޮތުން، އަހަރު ފެށުނު އިރު ޕެޓްރޯލް އަދި ޑީސަލް ލީޓަރެއް ގާތްގަނޑަކަށް 11 ރުފިޔާ އަށް ހުރި ނަމަވެސް، މާޗު މަހުގެ ތެރޭގައި ވަނީ 14 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. އަދި ޖޫން 24 ވަނަ ދުވަހު އެ އަގު ވަނީ 16 ރުފިޔާ އަށް ލީޓަރެއްގެ ރޭޓަށް ބޮޑުކޮށްފަ އެވެ.

މިއަހަރު ފެށުނުއިރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގަކީ އެވްރެޖްކޮށް 79 ޑޮލަރެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމަޔާ އެކު ފީފާއެއްގެ އަގު 123 ޑޮލަރަށް މަތިވި އެވެ. ދެވަނަ ކުއާޓާ ނިމުނުއިރު ތެޔޮ ފީފާއެއްގެ އަގު އުޅުނީ ގާތްގަނޑަކަށް 103 ޑޮލަރަށެވެ. މިއަދު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 98 ޑޮލަރަށެވެ. ސާފުނުކުރާ ތެލުގެ އަގު ސަތޭކައިން ދަށްވެފައި އެވަނީ ދެ މަސް ފަހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ