
.
ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުން 5.30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ، މިމަހުގެ 12ގައި ގަތަރު ދޯހާއިން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބެލި އިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާކަމަށެވެ.
މިތަކެތި ބަލައި ފާސްކުރުމުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "ހެރޮއިން"އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި ތަކެތީގެ މަގުމަތީގެ އަގަކީ 5،300،000 ދިވެހި ރުފިޔާ އަށް އަރާއިރު، މަސްތުވާތަކެތި އެތެރެކުރި މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމުން ބުނެ އެވެ.
ގުޅުންހުރި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ:އިހްސާން

ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

.gif&w=3840&q=75)



