logoEN
cocacola
ފާއިތުވި އަހަރުގެ ތެރޭގައި ތަކެތީގެ އަގުތައް ދިޔައީ ދަށަށް

ފާއިތުވި އަހަރުގެ ތެރޭގައި ތަކެތީގެ އަގުތައް ދިޔައީ ދަށަށް

# ތެލުގެ އަގު# ސީޕީއައި# ތަކެތީގެ އަގުތައް

ލޯކަލް މާރުކޭޓް

ފާއިތުވި އަހަރުގެ ތެރޭގައި ތަކެތީގެ އަގުތައް ދަށަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފިއެވެ.

ގޮސިޔާ

ޤައުމީ ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން އާންމުކުރި ސީޕީއައި އިން ދައްކާ ގޮތުން، މިދިޔަ އަހަރުގެ މާރިޗުން މި އަހަރުގެ މާރިޗުގެ ނިޔަލަށް ޖުމްލަކޮށް ތަކެތީގެ އަގުތައް ވަނީ 0.16 އިންސައްތަ ދަށްވެފައެވެ. އޭގެ ތެރެއިން މައިގަނޑު ގޮތެއްގައި އެއް ބާވަތަކުން އަގުތައް ދަށްވީ ކަރަންޓު، ފެން އަދި ތެލާއި ގުޅުން ހުރި ބާވަތްތަކުންނާއި، މުވާސަލަތީ ޚިދުމަތްތަކާ ގުޅުން ހުރި ބާވަތްތަކުންނެވެ.

އެގޮތުން ކަރަންޓު، ފެން އަދި ތެލާއި ގުޅުން ހުރި ބާވަތްތަކުން މިދިޔަ އެއް އަހަރުގެ ތެރޭގައި 4.22 އިންސައްތަ ދަށްވެފައިވާއިރު، މުވާސަލާތީ ޚިދުމަތްތަކާ ގުޅުން ހުރި ބާވަތްތަކުން 11.07 އިންސައްތަ ވަނީ ދަށްވެފައެވެ.

މިއާއެކު، މިދިޔަ ފެބްރުވަރީއާ އަޅާބަލާއިރު ހުސްވި މާރިޗު މަހުގައި، ތަކެތީގެ އަގުތައް 0.89 އިންސައްތަ ވަނީ ދަށްވެފައެވެ. އެގޮތުން ފާއިތުވި މަހު، އެންމެ ބޮޑުކޮށް އެއް ބާވަތަކުން އަގުތައް ދަށްވެފައިވަނީ ކަރަންޓު އަދި ފެނާއި ގުޅުން ހުރި ބާވަތްތަކުންނެވެ.

އެގޮތުން ފާއިތުވި ފެބްރުވަރީއާ އަޅާބަލާއިރު ހުސްވި މާރިޗު މަހު ކަރަންޓުގެ އަގު 21.86 އިންސައްތަ ދަށަށް ދިޔައިރު، ފެން ސަޕްލައި އިން ވަނީ 9.90 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ފަރުނީޗަރުގެ ބާވަތްތަކުން 1.80 އިންސައްތަ ދަށަށް ދިޔައިރު، މުވާސަލާތީ ވަސީލަތްތަކުން 0.35 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

ޖުމްލަކޮށް ތަކެތީގެ އަގުތައް ދަށްވި ނަމަވެސް، ހުސްވި އަހަރުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް ވަނީ 5.90 އިންސައްތަ އިތުރުވެފައެވެ. އަދި މި އަހަރުގެ ފެބްރުވަރީއާ އަޅާބަލާއިރު މި އަހަރުގެ މާރިޗު މަހުގައި ކާބޯތަކެތީގެ އަގުތައް ވަނީ 1.29 އިންސައްތަ އިތުރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ