logoEN
cocacola
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

އަލްފާ އަލީ

logo

8/31/2022, 6:27:45 PM

# ކަސްޓަމްސް# މަސްތުވާތަކެތި

breaking ބްރޭކިންގް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ގޮސިޔާ

ކަސްޓަމްސް އިން މިއަދު ބުނީ، މިތަކެތި އަތުލައިގަނެފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަަމަށެވެ. އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖަކީ ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށާއި އެ ޕެކޭޖުގެތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ހަތަރު ޕެކެޓެއް ފެނިފައިވާ ކަަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މިތަކެތި ތަހުލީލުކުރިއިރު، މިހަތަރު ޕެކެޓުގެ ތެރެއިން ދެ ޕެކެޓުގައި ހުރީ ތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަމައިންކަން ވަނީ ހޯދިފައެވެ. އަދި އަނެއް ދެ ޕެކެޓުގައި ހުރި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަން ވަނީ ހޯދިފައެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.674 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 5,000,000.00 (ފަސް މިލިއަން) ރުފިޔާއަށް އަރާ ކަަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައި ވެއެވެ.

މިމައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ވަނީ ހަވާލުކޮށްފައެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ