logoEN
cocacola
ކަސްޓަމްސްގެ ބެލުމުގެ ދަށުގައިހުރި ގިނައަދަދެއްގެ ތަކެތި ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައިހުރި ގިނައަދަދެއްގެ ތަކެތި ނައްތާލައިފި

# ތަކެތި ނައްތާލުން# ކަސްޓަމްސް

FeDqfoIUUAMi-lz

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފިއެވެ.

ގޮސިޔާ

ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި އިއްޔެ ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި، އޫރު މަހާއި، ބަނގުރާ / ބިޔަރު އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 1055 ފުޅި ބަނގުރަލާއި، 1282.82 ކިލޯގެ އޫރު މަހާއި، ބަނގުރާ / ބިޔަރު އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަކެތި 810 ޕީސް ހިމެނެއެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތިވެސް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ