
DSC_4692
މިދިޔަ ހަފްތާ މުޅި ރާއްޖެއިން ކޮވިޑަށް 394 މީހަކު ފައްސިވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދަައްކާގޮތުން ފާއިތުވެދިޔަ ހަފްތާ ރާއްޖެއިން 394 މީހަކު ކޮވިޑަށް ފައްސިވިއިރު، އޭގެ ތެރެއިން މާލެ އިން ފައްސިވީ 69 މީހެކެވެ. ނަމަވެސް އަތޮޅު ތެރެއިން ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ މަތިވެފައެވެ. އެގޮތުން އަތޮޅު ތެރެއިން 236 މީހަކު ފައްސިވިިރު، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން 89 މީހަކު ކޮވިޑަށް ފައްސިވިއެވެ.
އަދި އެނދުމަތިކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 28 ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް 184،302 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 307 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.