logoEN
cocacola
ހަވާ އެރުވުންވެސް ކެންސަލް

ހަވާ އެރުވުންވެސް ކެންސަލް

އަހުމަދު މާހު

logo

7/25/2022, 4:41:01 PM

# އެމްއެންޑީއެފް# ހަވާ އެރުވުން

B95I7423-1200x800

މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ މާލޭގައި ބާއްވަން އޮތް ހަވާ އެރުވުން ކެންސަލް ކޮށްފިއެވެ.

ގޮސިޔާ

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހަވާ އަރުވާނަމަ އެމްއެންޑީއެފް އިން އެކަން އާންމުކޮށް އިއުލާން ކުރާނެ ކަމަށާއި، މާދަމާ ރޭ ޖުމްހޫރީ މައިދާނުގައި ހަވާ އަރުވާގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ.

ހަވާ އެރުވުން ކެންސަލް ކުރިއިރު މިނިވަންދުވަހާއި ގުޅިގެން ބޭއްވުމަށް ކުރިން ނިންމާފައިވާ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާއާއި ފުޅަނދުބުރު މިހާރު ވަނީ ކެންސަލްކޮށްފައެވެ. އެއީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.

ހަވާ އެރުވުން ކެންސަލް ކުރި ނަމަވެސް މިނިވަންދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 6:00 ޖަހާއިރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އދި މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހާއްސަ މިލިޓަރީ ޕެރޭޑް މާލޭގެ ބައެއް މަގުތަކުގައި މާދަމާ ހަވީރު 4:30 ގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުމްހޫރީ މައިދާން ކުރިމަތިން ޝަހީދު ހުސެން އާދަން ބިލްޑިންނާއި ހަމައަށް އުޅަނދުފަހަރާއި މީހުން ވަނުން މަނާކޮށްފައިވާއިރު އިސްލާމީ މަރުކަޒު ކައިރިން އަމީރު އަހުމަދު މަގުވެސް ބަންދުކުރާނެއެވެ. އޭގެއިތުރަށް ހަތަރު ފުރޮޅުނީ އުޅަނދު ހަތަރު ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާއިރު އިއްޒިއްދީން ފާލަން ސަރަހަށްދަށް ކަނޑު އުޅަނދު ފަހަރު ވަނުން ވެސް ވަނީ މަނާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ