މޫދަށް ފޭބި މީހާ ނެގުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ- ފޮޓޯ:އެމްއެންޑީއެފް
ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި މީހާ ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން އޭނާ ގެއްލިގެން ރޭ ހޯދަން ފަށާފައިވާއިރު، އޭނާ ގެއްލިފައިވަނީ ރޭ އިރުއޮއްސި 18:30 ހާއިރު ހުޅުމާލޭގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބިފަހުންނެވެ. އަދި މެރިން ޕޮލިސް އާއި ކޯސްޓް ގާޑް ގުޅިގެން ހޯދަމުންދިޔައީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމްއެންޑީއެފްއިން ބުނީ ހުޅުލެ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލެ ފަޅުތެރެއިން ފެނިފައި ވާކަމަށެވެ. މިއަދުގެ ހެނދުނު 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު) އެވެ.
ގުޅުންހުރި
ވަލެއް އައްސަން މޫދަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ




