
ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި
# އެމްއެންޑީއެފް-
ކާރިޘާތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލިބިފައިވާ، ފަޔަރފައިޓިންގ ޕަމްޕާއި އިކުއިޕްމަންޓް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހަވާލުކޮށްފިއެވެ.

މި އެހީގެ ސަބަބުން ޤުދުރަތީ ކާރިޘާތަކާއި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވާން އަތޮޅުތެރޭގެ ރަށްރަށުގައި ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެއެވެ.
މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގަމީ ރުމިކޯ ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ޢާއިޝަތު ޞަފޫރާއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ޙަސަނާއި އެމްއެންޑީއެފްގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިންޒަތުގައި މިރޭ!




