
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް: ރޯވީ ގޮދަނޑިއެއްގައި!
# އެމްއެންޑީއެފް-
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ މާފަންނު ކާނިމާގެ، 4ވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގެ ރިޕޯޓް މިއަދު 16:50 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ރޯވި އަލިފާން 17:27 ހާއިރު ވަނީ ނިއްވާލެވިފައެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައެވެ. މި ހާދިސާއާ ގުޅިގެން 4 މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.
ގުޅުންހުރި

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް: ރޯވީ ގޮދަނޑިއެއްގައި!
ވަލެއް އައްސަން މޫދަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި




