logoEN
cocacola
ހޯނޑެއްދޫގައި ބާއްވާ "ވާދަ ރަން 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހޯނޑެއްދޫގައި ބާއްވާ "ވާދަ ރަން 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަލްފާ އަލީ

logo

7/23/2022, 3:14:42 PM

# ގދ. ހޯނޑެއްދޫ# ވާދަރަން 2022# ޒިބްރާ މޯލްޑިވްސް

GMG_7058

މިއަހަރުގެ ޤައުމީ ދުވަހު ގދ. ހޯނޑެއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވާދަ ރަން 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

"ވާދަ ރަން" އަކީ ޒިބްރާ މޯލްޑިވްްސް އިން އިންތިޒާމްކޮށްގެން ހޯނޑެއްދޫ ކައުންސިލާއި ކޮމިއުނިޓީ ސެންޓަރުގެ އެހީތެރިކަމާއެކު މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތެއް ކަމަށް ޒިބްރާ މޯލްޑިވްސް އިން ބުނެއެވެ.

މިފަދަ ރަން އެއް ބޭއްވުމުގެ މަގްސަދަކީ، ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ރޫހު އާލާކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުން ކަމުގައި މި ރަން އިންޒާމްކުރައްވާ ޒިބްރާ މޯލްޑިވްސް އިން ބުނެއެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ކަމަށްވާ 1 ރަބީޢުލްއައްވަލް (އޮކްޓޯބަރ 7 ) ވާ ބުރާސްފަތި ދުވަހުގައެވެ.

މި ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ވާދަ ރަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކެޓަގަރީތައް:

15 އަހަރުން މަތީގެ އަންހެން ކެޓަގަރީ (5 ކިލޯމީޓަރު)

15 އަހަރުން މަތީގެ ފިރިހެން ކެޓަގަރީ (5 ކިލޯމީޓަރު)

15 އަހަރާއި 10 އަހަރާއި ދެމެދު އަންހެން ކެޓަގަރީ (2 ކިލޯމީޓަރު)

15 އަހަރާއި 10 އަހަރާއި ދެމެދު ފިރިހެން ކެޓަގަރީ (2 ކިލޯމީޓަރު)

10 އަހަރާއި 07 އަހަރާއި ދެމެދު އަންހެން ކެޓަގަރީ (1 ކިލޯމީޓަރު)

10 އަހަރާއި 07 އަހަރާއި ދެމެދު ފިރިހެން ކެޓަގަރީ (1 ކިލޯމީޓަރު)

މި ރަން ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު 20 އޮގަސްޓް 2022 ގެ 18:00 ގެ ކުރިން 7315262 ނަންބަރަށް ވައިބާ ކޮށްދެއްވުމަށް މި ރަން އިންތިޒާމްކުރައްވާ ފަރާތުން ވަނީ އެދިލައްވާފައެވެ. މި ރަން އަކީ އާއްމުކޮށް ހުރިހާ ރަށަކަށްވެސް ހުޅުވާލައިގެން ބޭއްވޭ ރަން އެއް ކަމަށް ޒިބްރާ މޯލްޑިވްސް އިން ބުނެއެވެ.

މި ރަން އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7315262، 9656200، 7502202 ނަންބަރު ފޯނަށް ގުޅުއްވުމަށް މި ރަން އިންތިޒާމްކުރައްވާ ފަރާތުން އެދިލައްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ