logoEN
cocacola
ހޮރައިޒަންގެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

ހޮރައިޒަންގެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

އަލްފާ އަލީ

logo

5/21/2022, 3:25:58 PM

# ގދ. ހޯނޑެއްދޫ# ހޮރައިޒަން ފިޝަރީސް

282124197_381267494033067_9104062035936110172_n

ގދ. ހޯނޑެއްދޫގައި ތަރައްގީކުރަމުން އަންނަ މަސްފެކްޓަރީ އޮޕަރޭޝަނަށް ނުގެނެވި ލަސްވަމުންދާތީ، އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި އެވެ.

ގޮސިޔާ

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް، އެ ޕެޓިޝަނާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޕެޓިޝަންގައި މައިގަނޑުކޮށް ހިމެނޭނީ ތިން ކަމެއް ކަމަށެވެ. އެގޮތުން ޕެޓިޝަނުގައި ހިމަނާފައިވާނީ ހޮރައިޒަން އަށް ދީފައިވާ ބިމު ކުލި ކައުންސިލަށް ލިބޭނެގޮތެއް މަގުފަހިކުރުމާއި، އެތަނުގެ ކުލި އެކަށީގެންވާ ކުއްޔަކަށް ބަދަލުކުރުމާއި، އެތަނުގެ މަސައްކަތް ނިންމޭނެ ތާރީހެއް ހޯދުމަށް ކަމަށް ވާރިޝް ވިދާޅުވި އެވެ. އަދި މަސައްކަތް ނިންމޭނެ ތާރީހެއް ނުލިބޭނަމަ، މިހާރު ހެދިފައިވާ އެގްރީމެންޓް ބާތިލްކޮށް އެ ބިން ކައުންސިލަށް ލިބޭނެ ގޮތް ހެދުމަށްވެސް އެ ޕެޓިޝަންގައި ހިމަނާފައިވާނެ ކަމަށް ވާރިޝް ވިދާޅުވި އެވެ.

ވާރިޝް އިތުރަށް ވިދާޅުވީ، އިއްޔެ ސޮއިކުރަން ފެށުނު ޕެޓިޝަންގައި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ކަމަށާއި، އެ ޕެޓިޝަނަށް ސޮއި އިތުރުކުރުމުގެ މަސައްކަތް މިއަދު ހަވީރުވެސް ކުރިއަށް ދާނެ ކަމަށެވެ.

View post on Facebook

ހޯނޑެއްދޫގައި މަސްފެކްޓަރީ އެއް އެޅުމަށް ހަވާލުކޮށްފައިވާ ހޮރައިޒަން އަށް މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަށް މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލާގައި ހޯނޑެއްދޫ ކައުންސިލާއި ގިނަ ރައްޔިތުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރާ ސުވާލުކުރެވުނު ނަމަވެސް އެކަށީގެން ވާ ޖަވާބެއް ލިބިފައިނުވާތީ އެރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ވިދާޅުވީ، ހޯނޑެއްދޫގައި ގާއިމްކުރާ ހޮރައިޒަން މަސްފެކްޓަރީ ނިންމޭނެ ދުވަހެއް އެފަރާތުން ދީފައިނުވާ ކަމަށާއި، އެންމެ ފަހުން ދީފައިވާ ތާރީހަށްވެސް ނިންމިފައިނުވާ ކަމަށެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ހޮރައިޒަންގެ މަސައްކަތްތައް ނުނިންމޭ ނަމަ އެތަނުގެ އެއްބަސްވުން ބާތިލުކުރުމަށްވެސް ގޮވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ