logoEN
cocacola
ހޯނޑެއްދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށްފި

ހޯނޑެއްދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

9/2/2022, 8:11:19 PM

# މަސްތުވާތަކެތި# ގދ. ހޯނޑެއްދޫ

D1CEE3BC-B857-47AA-92EC-22BDF6A9D29A

ގދ. ހޯނޑެއްދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

ސައުތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ގއ. އަދި ގދ. އަތޮޅު ސަބް ރީޖަންގެ ކޮމާންޑަރު، ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސެއިން ވިދާޅުވީ، ގދ. ހޯނޑެއްދޫގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ އެއްވަނަ ދުވަހު 08:00 ހާއިރު އެ ގޭ ބަލައި ފާސްކުރި އިރު ގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޒާތުގެ ގިނަ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ ގެއިން ފެނުނު ތަކެތީގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި 6 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ އާލާތްތަކާއި މަސްތުވާތަކެތި އިންޖެކްޓު ކުރުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން، 12،500 ރުފިޔާއާއި ވަޅި ތިލައަކާއި، ތަފާތު ވައްތަރުގެ ތިން މޯބައިލް ފޯނު ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ހޯނޑެއްދޫ ކޯޓުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ