logoEN
cocacola
ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީއަށް ކޯޗުން ހަމަޖައްސައިފި

ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީއަށް ކޯޗުން ހަމަޖައްސައިފި

# ގދ. ހޯނޑެއްދޫ# ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީ

photo_2022-10-02_13-20-44

ހޯނޑެއްދޫ ފުޓްބޯލް އެކަޑަމީއަށް ކޯޗުން ހަމަޖައްސައިފި އެވެ.

ގޮސިޔާ

އެ އަކަޑަމީން ވަނީ، އެކަޑަމީގެ ޕްރޮގްރާމްތައް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި 9 ކޯޗަކާއެކު އެއްބަސްވުން ގާއިމްކޮށްފައެވެ. އެ އެކަޑަމީއަށް ކޯޗުން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހުގައި އެ އެކަޑަމީގެ އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ އެކަޑަމީގެ ޖެނެރަލް ސެކްރެޓަރީ ނާއިލް ޖަމީލް ވިދާޅުވީ، ގިނަ ކޯޗުންތަކަކެއް އެ އަކަޑަމީއަށް ނަގާފައިވަނީ، އެކި އުމުރުފުރާތަކަށް ބޭނުންވާ މިންވަރަށް ސެޝަންތައް ނަގައިދިނުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުންނެވެ.

undefined

އެ އެކަޑަމީއަށް ނަގާފައިވާ ކޯޗުންނަކީ އެ އެކަޑަމީއާއި އެފްއޭއެމް އަދި ހޯނޑެއްދޫ ކައުންސިލާއި ގދ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ އެފްއޭއެމް/ އޭއެފްސީ "ސީ" ސެޓިފިކެޓް ކޯޗިން ފުރިހަމަކޮށްފައިވާ ކޯޗުންނެވެ. އެކަޑަމީގައި ހަރަކާތްތެރިވާ ކޯޗުންނަކީ ގްރާސްރޫޓް އަދި ސީ ލައިސަންސް ކޯޗުން ކަމަށް ނާއިލް ވިދާޅުވި އެވެ.

undefined

ނާއިލް އިތުރަށް ވިދާޅުވީ، އެކަޑަމީގެ ކޯޗުންގެ ފެންވަރު މަތިކުރުމަކީ އެ އެކަޑަމީން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އެކަޑަމީގެ ކުދިންނަށް ހުނަރާއި ކުރިއެރުން ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނާއިލް ވިދާޅުވި އެވެ.

ހޯނޑެއްދޫ ފުޓްބޯލް އެކަޑެމީއަކީ ހޯޑެއްދޫ ފުޓްބޯޅަ ހަރުދަނާކޮށް ކުރިއަރުވައި އަޙްލާގު ރަނގަޅު ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި އުފައްދާފައިވާ އެކަޑެމީއެކެވެ. އެގޮތުން މި އެކަޑެމީގެ ހަރަކާތްތައް ފެއްޓުމަށް ފުޓްބޯލް އެސޯސިއެޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެ އެކަޑެމީއާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއި ކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ