logoEN
cocacola
ނޫސްވެރިޔާ، އަޒާން ފުލުހަށް ހާޒިރުކުރާތީ އެމްޖޭއޭގެ ކަންބޮޑުވުން

ނޫސްވެރިޔާ، އަޒާން ފުލުހަށް ހާޒިރުކުރާތީ އެމްޖޭއޭގެ ކަންބޮޑުވުން

އަލްފާ އަލީ

logo

7/19/2022, 8:51:42 PM

# ފުލުހުން# އެމްޖޭއޭ# މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން

large-158533393727tebq

"ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހަށް ހާޒިރުކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގޮސިޔާ

އަޒާން ފުލުހަށް ހާޒިރުކުރަނީ "ބޮޑު އިހުމާލެއް: އައިޖީއެމްއެޗްއަށް ދައްކާ ހުރިހާ ބަލި މީހުންގެ ރެކޯޑުތައް ލީކުވެއްޖެ" ސުރުހީގެ ދަށުން ދިޔަރެސް ނޫހުގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމާ ގުޅިގެން ހާޒިރުކުރަނީ އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފައެވެ.

View post on Facebook

އެކަމާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަޒާންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު އޭނާ ދޮގުކުރާއިރު، އަދި ހަމައެކަނި ނޫހުގައި ލިޔުނު ލިޔުމަކާއި ގުޅިގެން ނޫސްވެރިއެއްގެ މައްޗަށް ތުހުމަތުތަކެއް ކުރާނަމަ، އެއީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިންނަށް ބިރު ދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމަށެވެ.

މި ޖަމިއްޔާއިން ކަމާ ބެހޭ އެންމެހާ އިދާރާތަކަށް ގޮވާލަނީ ނޫސްވެރިންނަށް ފަހި މާހައުލެއް ކަށަވަރުކޮށް ދިނުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށާއި ނޫސްވެރިންނަށް ބިރު ދެއްކުމާއި ހުރަސް އެޅުމުގެ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް --- އެމްޖޭއޭގެ ބަޔާން

އެމްޖޭއޭ އިން ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ވެސް ޒިންމާދާރުވުމަށާއި ނޫސްވެރިން ހިފަހައްޓަން ޖެހޭ ސުލޫކާއި އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ވެސް އިލްތިމާސް ކުރާ ކަމަށް ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ