
ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 16 ފުލުހެއް ފުރިހަމަކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# ފުލުހުންފޮޓޯ: ޕޮލިސް
ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް-8 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ތިނަދޫ ސިޓީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ.
މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއާއި، ސައުތު ޕޮލިސްގެ އިސް އޮފިސަރުންނާއި ތިނަދޫ ސިޓީގެ އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.ފެބުރުވަރީ 15 އިން މިމަހުގެ 14 އަށް ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ސްޕެޝަލް ކޮންސްޓަބުލަރީ 18 ފުލުހުންގެ ތެރެއިން 16 ފުލުހުން ވަނީ ކޯހުގެ މިންގަނޑަށް ފާސްވެފައެވެ.
އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެން ފުލުހުންނާއި 06 އަންހެން ފުލުހުންނެވެ. މި ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލް މުޙައްމަދު މަންނާހު ސަދޫޤުއެވެ.

މި ކޯހުގައި، ސްޕެޝަލް ކޮންސްޓަބުލަރީ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި، މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދީފައިވެއެވެ.
އެގޮތުން، ފިޒިކަލް ޓްރެއިނިންގ އެންޑް ލައިފް ސްޓައިލް ފިޓްނަސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަރ ކޮންޓްރޯލަރ، ލޯ، ކޮމިއުނިކޭޝަން ސްކިލްސް، ޕްރޮފެޝަނަލް އެތިކްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ފަދަ ބައިތައް އުނގަންނައިދީފައިވެއެވެ.
މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންމެ މުވައްޒަފަކު ފުރިހަމަކުރުމަށް، ސްޕެޝަލް ކޮންސްޓަބުލަރީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާއްސަ ތަމްރީނެކެވެ.
ގުޅުންހުރި

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 16 ފުލުހެއް ފުރިހަމަކޮށްފި

ނަޢީމާ މުސާ މަރާލި މައްސަލާގައި ދަޢުވާލިބޭ ފަވާޛްގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް ޝަރުތުތަކާއިއެކު ބަންދުން ދޫކޮށްފި

މާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކަށް 7 އަހަރުގެ ޖަލު ހުކުމެއް!

.gif&w=3840&q=75)



