
ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!
# ފުލުހުން# އަލިފާނުގެ ހާދިސާ-
މާލޭގައި ހުރި ޕްރައިމް ކުންފުނީގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ދިިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ "ޕްރައިމް ޕާޓިލަައިޒީ މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ރޭ 21:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންނަކަށް އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިިރިއުޅޭ 77 މީހާކަށް ކަމާބެހޭ އިދާރާތްތަކުން އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާރު އެ ސަރަހައްދު ސީން ޕްރިޮސެސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހާދިސާ ހިންގަން މެދުވެރިވި ސަބަބުން ހާއްސަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ގުދަނީ އެކި ބާވަތުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ސަރަހައްދެކެވެ.
ގުޅުންހުރި
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިޔަށްދަނީ

ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!
ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

.gif&w=3840&q=75)



