logoEN
WAMCO TOP 1
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

# ފުލުހުން# ލ މާވަށް# މަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މާވަށު މީހާ- ފޮޓޯ: ފުލުހުން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ.މާވަށުން މީހަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ބޭސްގެ، މުހައްމަދު އިބްރާހީމް (43އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާވަށު ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްުތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 63 ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށެވެ.

ކޮމެންޓް
ފަހުގެ
HDC