logoEN
cocacola
ހުވަދޫ ސްވިމިންގ ކްލަބާ ގުޅިގެން ނިޑްސް އިން ނަޑެއްލާގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް

ހުވަދޫ ސްވިމިންގ ކްލަބާ ގުޅިގެން ނިޑްސް އިން ނަޑެއްލާގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް

އަލްފާ އަލީ

logo

7/17/2022, 11:11:48 PM

# ހުވަދޫ ސްވިމިންގ ކްލަބް# ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ

Screenshot 2022-07-17 at 23.09.23

ހުވަދޫ ސްވިމިންގ ކްލަބް (އެޗްއެސްސީ) އާ ގުޅިގެން ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން ގދ. ނަޑެއްލާގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

ގޮސިޔާ

ނިޑްސްއިން މައުލޫމާތު ދޭ ގޮތުގައި އެ ޕްރޮގްރާމަކީ ޔޫތް މިނިސްޓްރީގެ އެހީގައި މި ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ހޮޅުއަށި މަޝްރޫޢުގެ ދަށުން ހުވަދޫ ސްވިމިންގ ކްލަބާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ވިހި ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ނަޑެއްލާ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފެށިގެން 18:00 އާ ދެމެދު އެވެ.

ހުވަދޫ ސްވިމިންގ ކްލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ދާއިރާއިން ގިނަ އަދަދެއްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ހިންގުންތެރި ޖަމިއްޔާއެކެވެ. އެންމެ ފަހުން އެ ކްލަބުން އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވަނީ ގއ. ކަނޑުހުޅުދޫގައެވެ.

ނިޑްސް އަކީ ގދ. ނަޑެއްލާގެ ތަރައްގީއަށް މަސައްކަތް ކުރަމުން އަންނަ، ޒުވާން ޓީމެއްގެ މައްޗަށް އެކުލެވިގެންވާ ހީވާގި ޖަމިއްޔާއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ