
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - އެއްވެސް މެޗަކުން ބަލިނުވެ، ޗެމްޕިއަންކަން ބީސީ ހަބޭސް އަށް
# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ބީސީ ހަބޭސް_MLH4398
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022 ގެ ޗެމްޕިއަންކަން ބީސީ ހަބޭސް ހޯދައިފިއެވެ.

ފައިނަލުގައި މިރޭ ބައްދަލުކުރީ ބީސީ ހަބޭސް އާއި ފިޓް ފެމިނިން އެވެ. މި މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ބީސީ ހަބޭސް އިން ހޯދީ ފުރަތަމަ ހާފުގައި ނެގި ލީޑު ހިފަހައްޓައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ހާފު ނިމިގެން ދިޔައީ 11 ގޯލުގެ ލީޑަކުން ބީސީ ހަބޭސް ކުރީގައި އޮވެގެންނެވެ. އެ ހާފުގައި ފިޓް ފެމިނިންއަށް 17 ގޯލު ޖެހުނު އިރު ބީސީ ހަބޭސް އިން ވަނީ 28 ގޯލު ޖަހާފައެވެ.
ދެވަނަ ހާފުގައިވެސް ގިނަ ގޯލުތަކެއް ޖަހައި، ޗެމްޕިއަންކަން ހޯދީ ބީސީ ހަބޭސް އިންނެވެ. ބީސީ ހަބޭސްއިން ޗެމްޕިއަންކަން ހޯދީ 46 - 36 ގެ ނަތީޖާއިން ފިޓްފެމިނިން ބަލިކޮށްގެންނެވެ.
ބީސީ ހަބޭސް ޓީމުގައި ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިންވެސް ހިމެނެއެވެ. ފިޓް ފެމިނިން ގައި ބަންގްލަދޭޝްގެ ގައުމީ ހޭންޑްބޯލް ޓީމުގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިއަކުވެސް ހިމެނެއެވެ.
މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމަކުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ގދ. ތިނަދޫއިން ބޭރުގެ ޓީމެއްވެސް ހިމެނެއެވެ. އެއީ ލ. ގަން ޑަބްލިއުޑީސީ ޓީމެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
ގުޅުންހުރި

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ބީސީ ހަބޭސް އަށް

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ފައިނަލް މިރޭ!

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ވިކްސެން ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ ބީސީ ހަބޭސްއަށް
