logoEN
cocacola
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ގަދަ ހިފުމަކަށްފަހު ފިޓްފެމިނިން ފައިނަލަށް

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ގަދަ ހިފުމަކަށްފަހު ފިޓްފެމިނިން ފައިނަލަށް

ޙުސައިން އާހިލް

logo

7/13/2022, 10:02:40 PM

# އައުޓްލޯޒް# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ފިޓް ފެމިނިން

GMG_4499

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022ގެ ސެމީ ފައިނަލުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ގަދަ ހިފުމަކަށްފަހު، ހަނި ގޮތަކުން މޮޅުވެ ފިޓް ފެމިނިން ފައިނަލަށް ދަތުރުކޮށްފިއެވެ.

ގޮސިޔާ

އައުޓްލޯޒް އާއި ފިޓް ފެމިނިން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ހާފު ނިމިގެން ދިޔައީ 08 - 08 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކާ ޚިލާފަށް މިރޭގެ މި މެޗުގައި ޖެހި ގޯލުތަކުގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދެވަނަ ހާފުގައިވެސް މާ ގިނަ ގޯލުތަކެއް ފެނިފައިނުވާއިރު، 19 - 17 އިން މެޗު ކާމިޔާބު ކުރީ ފިޓްފެމިނިން އިންނެވެ.

މި ދެ ޓީމުގައިވެސް ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ކުޅުންތެރިންނާއި ބޭރުގެ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން އައުޓްލޯޒްގައި ސްރީލަންކާގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކެޕްޓަނާއި އިތުރު ކުޅުންތެރިއެއްގެ އިތުރުން، ރާއްޖޭގެ ގައުމީ ހޭންޑް ބޯލް ޓީމުގެ ކުޅުންތެރިންނާއި ފަސްޓް ޑިވިޝަންގެ ކުޅުންތެރިން ހިމެނެއެވެ. އަދި ފިޓް ފެމިނިން ގައި ބަންގްލަދޭޝްގެ ގައުމީ ހޭންޑްބޯލް ޓީމުގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ކުޅުންތެރިން ހިމެނެއެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބީސީ ހަބޭސް އާއި ވިކްސެން އެވެ. ވިކްސެން ޓީމުގައި އިންޑިއާގެ ދެކުޅުންތެރިއަކާއި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެެރިންގެ އިތުރުން ފަސްޓް ޑިވިޝަންގެ ކުޅުންތެރިންވެސް ހިމެނެއެވެ. އަދި ބީސީ ހަބޭސް ޓީމުގައި ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިންވެސް ހިމެނެއެވެ.

މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ