
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ފައިނަލް މިރޭ!
# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022GMG_5731
ހަވަރު ސްޕޯޓްސް އިން އިންތިޒާމުކޮށްގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ، މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ފައިނަލް މެޗު މިރޭ އޮންނާނެ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކުޅެފައިވާއިރު، ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އައުޓްލޯޒް އާއި ފިޓް ފެމިނިން އެވެ. ގަދަ ހިފުމަކަށްފަހު ހަނިގޮތަކުން 19 – 17 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ފިޓް ފެމިނިން އެވެ.
https://gaafu.mv/68008
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވިކްސެން އާއި ބީސީ ހަބޭސް ބައްދަލުކުރި އިރު، އެ މެޗު 10 ގޯލުގެ ތަފާތަކާއެކު، 33 - 22 ގޯލުގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ބީސީ ހަބޭސް އެވެ.
https://gaafu.mv/68013
ފިޓް ފެމިނިން ގައި ބަންގްލަދޭޝްގެ ގައުމީ ހޭންޑްބޯލް ޓީމުގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ކުޅުންތެރިން ހިމެނެއެވެ. އަދި ބީސީ ހަބޭސް ޓީމުގައި ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިންވެސް ހިމެނެއެވެ.
މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ގުޅުންހުރި

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ބީސީ ހަބޭސް އަށް

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ފައިނަލް މިރޭ!

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ވިކްސެން ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ ބީސީ ހަބޭސްއަށް
