
ޝިފާ ކަމަށް ބެލެވޭ އަންހެނަކު އެހެން އަންހެނަކާ ގައިގޯޅިވެ އުޅޭތަން ފެންނަ އިތުރު ވީޑިއޯތަކެއް!
# ޓިކްޓޮކް ޝިފާScreenshot 2022-06-08 at 14.13.42
މަޝްހޫރު ފިލްމީ ތަރި، މަރިޔަމް ޝިފާ ކަމަށް ބެލެވޭ އަންހެނަކު، އެހެން އަންހެނަކާ ގައިގޯޅިވެ އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް އަނެއްކާވެސް މީސްމީޑިއާގައި އާންމުވާން ފަށައިފިއެވެ.

އެންމެ ފުރަތަމަ މީސްމީޑިއާގައި ދައުރުވާން ފެށީ ޝިފާ ކަމަށް ބެލެވޭ އަންހެނަކާއި އިތުރު އަންހެނަކު ބަރަހަނާވެ، އެއްޖިންސުން ގުޅުން ހިިންގާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެވީޑިއޯއާ ގުޅިގެން މުޅި މީސްމީޑިއާގައި ޝިފާގެ އަގު ވެއްޓި، އާންމުންގެ ނުރުހުން އޭނާއާ ކުރިމަތިވެފައިވާއިރު ޝިފާ ބުނެފައިވަނީ އެއީ އޭނާއަށް ލިބިފައިވާ މަޝްހޫރުކަމާއި، އޭނާ އަކީ "ސުޕަރ ސްޓަރ" އަކަށްވާތީ ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ހަޑި މުޑުދާރު އަމަލެއް ކަމަށެވެ. އަދި އެ ވީޑިއޯ އަކީ އެޑިޓެއް ކަމަށާއި، އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އަބުރުގެ ދައުވާ ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އެ ވީޑިއޯއާ ގުޅިގެން މިއަހަރުގެ ބޮޑު އީދަށް އެކި ރަށްރަށުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާ އެކި ނަށާ ގްރޫޕުތަކުގެ ތެރެއިން އޭނާ ނިސްބަތްވާ ގްރޫޕްގެ ލީޑަރު، ޖާދުﷲ އިސްމާއިލް ވަނީ ޝިފާ އެ ގްރޫޕުން ބޭރުކޮށްފައެވެ. އަދި އެ ވީޑިއޯއިން ފެންނަ މަންޒަރަކީ ހިނގަމުންދާ ކަމެއް ކަމަށް ޝިފާ އަމިއްލައަށް 4 މީހެއްގެ ކުރިމަތީގައި ޖާދު ގާތުގައި އިއުތިރާފްވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޝިފާ އެކަމަށް އިއުތިރާފުވި ކަމަށް ބުނެ، ޖާދު ފޭސްބުކްގައި ކުރި ޕޯސްޓު މިހާރު ގެއްލިފައިވާއިރު، ޝިފާގެ ވާހަކަތައް ހުރީ އެއީ ފިލްމީ ދާއިރާގެ ބަޔަކު އޭނާގެ އަގު ވައްޓައިލާންވެގެން ކުރަމުންދާ ކަމެއް ކަމުގައި ތުހުމަތުކޮށްފައެވެ.
ފުރަތަމަ ވީޑިއޯ ލީކް ވުމަށްފަހު ޝިފާ ނެރުނު ބަޔާނެއް ނެރުނު ފަހުން މާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާވެސް އެފަދަ އިތުރު ވީޑިއޯތަކެއް މިވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ. އެ ވީޑިއޯތަކުގައި ފެންނަނީ ޝިފާ ކަމަށް ބެލެވޭ މީހަކު އިތުރު އަންހެނަކާއެކީ ގައިގޯޅިވެ ބަދު އަޚްލާގީ އަމަލު ހިންގާ މަންޒަރެވެ. އެފަދަ ދެ ވީޑިއޯއެސް މިހާރު ދައުރުވަމުން އެބަދެ އެވެ.
އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯގެ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ.
ގުޅުންހުރި

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާ ކިޔައި ސްޓޭޖްތަކަށް އެރުވުން ލަދުވެތި - އަލީ ރަމީޒް

ދިއްފުށީގައި އޮތް އީދު ޝޯގައި ޝިފާ ބައިވެރިވުމުން ރައްޔިތުން ގެޔަށް!

ޝިފާ ކަމަށް ބެލެވޭ އަންހެނަކު އެހެން އަންހެނަކާ ގައިގޯޅިވެ އުޅޭތަން ފެންނަ އިތުރު ވީޑިއޯތަކެއް!
