logoEN
Sto top
ދިއްފުށީގައި އޮތް އީދު ޝޯގައި ޝިފާ ބައިވެރިވުމުން ރައްޔިތުން ގެޔަށް!

ދިއްފުށީގައި އޮތް އީދު ޝޯގައި ޝިފާ ބައިވެރިވުމުން ރައްޔިތުން ގެޔަށް!

އައިޝަތު އިފާޝާ

logo

7/10/2022, 2:43:17 PM

# ޓިކްޓޮކް ޝިފާ

2A9CA783-E1F5-46BE-8600-28C0170F8D7B

އެހެން އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ނެށުންތެރިޔާ މަރިޔަމް ޝިފާ، އަލްހާ އީދު ފާހަގަ ކުރުމަށް ކ. ދިއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެރަށަށް ދިޔަ މައްސަލަ އާއި ގުޅިގެން އެރަށުން ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

Wamco

ޝިފާ އެރަށަށް ދިޔައީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ، އެސޯސިއޭޝަން ފޯ ދިއްފުށި ޑިވޮލޮޕްމެންޓް (އެޑް) އިން އިންތިޒާމް ކުރި އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. ނަމަވެސް ޝީފާ އެރަށަށް ގޮސް ހަރަކާތްތަކުގައި ބައިވެރިވުމުން، އެރަށުން ބަޔަކު ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ޝިފާ އަށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ ޝިފާ ބައިވެރިވާ ޝޯވތައް ނުބެލުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އީދު ހަރަކާތްތަކުގައި ބައިވެރިވުމަށް ޝިފާ އެރަށަށް ދިއުމުން އެކަމާ އެރަށުގެ ގިނަބަޔަކު ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި އެކަން އިންތިޒާމްކުރާ ޖަމިއްޔާއިން އެރަށު ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު އެރަށު ރައްޔިތުންނާ ދޭތެރޭ ނުރުހުން ފާޅުކޮށް ދައްކާ ވާހަކަތަކަށްވެސް އެޖަމިއްޔާއިން ޒިންމާވާން ޖެހޭނެ ކަމަށެވެ.

ޝިފާ އެހެން އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމާއި ގުޅިގެން ޝިފާ ވަނީ އެވީޑިއޯއިން ފެންނަނީ އޭނާ ނޫންކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެފަދަ އިތުރު ވީޑިއޯތަކެއްވެސް ވަނީ ލީކުކޮށްލާފައެވެ.

ޝިފާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައެވެ.

ދައުރުވަމުންދާ ވީޑިއޯ ތަކާއި ގުޅިގެން ޝިފާ ވަނީ މިއީ ބަޔަކު އޭނާގެ ސިޔާސީ ފިކުރު ބަދަލުވުމުން އޭނާގެ އަގު ވައްޓާލުމަށް ކުރި ކަމެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ އަކީ އެފަދަ ކަންކަން ކުރާ މީހެއް ނޫން ކަމަށާއި، ދައުރުވަމުންދަނީ ފޭކް ވީޑިއޯތަކެއް ކަމަށްވެސް ޝިފާ ވަނީ ބުނެފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside