
FD4F7A12-074D-4162-A978-1069F0E3FC69
ބަރަހަނާވެ، އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ޓިކްޓޮކްތަރި ޝިފާ، އޭނާ ހަރަކާތްތެރިވާ އީދު ޝޯވް ކުރިއަށް ގެންދާ ގްރޫޕުން ބޭރުކޮށްލައިފިއެވެ.

މިކަން ހާމަކޮށް އެ ގްރޫޕުގެ ލީޑަރު، މަޝްހޫރު ފިލްމީ ތަރި އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއިލް ބުނީ އޭނާގެ ބެލުމުގެ ދަށުން މިއަހަރުގެ އީދު ޝޯއަށް ދާ ގްރޫޕުގައި ޝިފާ މިހާރު ނުހިމެނޭ ކަމަށެވެ. އޭނާ މިހެން ބުނީ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އޭނާ ބުނީ، 2006 ވަނަ އަހަރުން ފެށިގެން ރާއްޖެ ތަމްސީލް ކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ފަހަރުމަތިން ދިވެހި ސަގާފީ ނެށުމާއި ޒަމާނީ ނެށުމަށް އަމިއްލަ އިސްނެގުމުގެ މަތިން އެތައް ކުދިންނެއް ތަމްރީންކޮށްފައިވާނެ ކަމަށެވެ. އަދި މިހާ ހިސާބަށް އައި އިރު އޭގެ ކުއްޖެއްގެ ފަރާތުން ރާއްޖޭގެ ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ނޭދެވޭ އަމަލެއް ހިނގާފައި ނެތްކަން އުފަލާއެކު ފާހަގަކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ޝިފާގެ ފަރާތުން އެ ފެނިގެން ދިޔަ އަމަލަކީ ޚުދު އަޅުގަނޑު ގަބޫލުކޮށް އެކަމަށް ހިތްވަރު ދޭނެ ކަމެއް ނޫންކަން މިފުރުސަތުގައި ދަންނަވަން. އަޅުގަނޑަށް 5 ޖޫން ރޭ ހަތެއް ޖެހި އިރު މިކަން ހިނގަމުންދާކަން ގްރޫޕްގެ ހަތަރު މީހެއްގެ ހާޒިރުގައި އަޅުގަނޑު ކައިރީ ބުނި ޝިފާ އަމިއްލައަށް --- ޖާދުﷲ އިސްމާއިލް
ޖާދު މިފަދަ ޕޯސްޓެއް ފޭސްބުކްގައި ހިއްސާ ކުރީ، ޝިފާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާ އެކު އެވެ. އެ ވީޑިއޯއާ ގުޅިގެން ޝިފާގެ ރަސްމީ ޕޭޖުންކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެއީ އޭނާ ބަދުނާމު ކުރުމަށް ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށާއި، އެފަދަ ގޮތަކަށް ދުވަހަކުވެސް އުޅެފައި ނުވާނެ ކަމަށެވެ. ޝިފާ ވަނީ އެ ޕޯސްޓު މިހާރު އޭނާގެ ޕޭޖުން ނަގާފައެވެ.
ޖާދުގެ އީދު ގްރޫޕުގައި ޝިފާ ހިމަނޭތީ ގިނަ ބައެއްގެ ނުރުހުން އޭނާއަށް ކުރިމަތިވެފައިވާތީވެ އޭނާ ލިޔުނު ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، އެކަމަކީ ހިނގަމުންދާ ކަމެއްކަމަށް ޝިފާ އަމިއްލައަށް ބުނުމުން އެކަމަށް ތަރުހީބު ދީ ބަލައި ނުގަނެވޭނެ ކަމަށް ޝިފާ ގާތު ބުނި ކަމަށެވެ.
އެކަމަކު އެވަގުތުވެސް ތީ ތިމާ އަމިއްލައަށް ކޮންމެ ހާލަތެއްގައި ހުރެގެން ކުރެވުނު ކުށެއް ކަމުގައިވިޔަސް ތިކަންތަކަށް ތަރުހީބު ދީ ބަލައިނުގަނެވޭނެ ކަން ބުނިން. ފުރަތަމަ އަޅުގަނޑު މިފިޔަވަޅު އަޅަން ޖެހުނު ސަބަބަކީ ދިވެހި ގައުމަށްޓަކައި. ސަރުކާރުން ރަސްމީކޮށް ގައުމީ ފެންވަރުގައި އީދު ފާހަގަކުރަމުންދާ ބައެއް ރަށްތައް އަޅުގަނޑުމެން މި ގްރޫޕް ދާން ޖެހުން. އަދި ދިވެހި މުޖުތަމައު ތެރޭ މިކަހަލަ ކަމެއް ފެންމަތިވެފައިވާއިރު ގްރޫޕް އެހެން ކުދިންގެ އަބުރު ރައްކާކުރަން ޖެހޭ ފަރާތަކީ އަޅުގަނޑު ކަމުގައި ވާތީ. އަދި އެންމެހާ ފޭސް ކުރަން ޖެހޭ ފަރާތަކީ އަޅުގަނޑު ކަމުގައި ވާތީ --- ޖާދުﷲ އިސްމާއިލް
ޖާދުގެ ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ، އޭނާ އަކީ "ދުވަހަކުވެސް ނޭދެވޭ އަމަލަކަށް ހިތްވަރު ދޭނެ މީހެއް ނޫން" ކަމަށެވެ.
ގުޅުންހުރި

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާ ކިޔައި ސްޓޭޖްތަކަށް އެރުވުން ލަދުވެތި - އަލީ ރަމީޒް

ދިއްފުށީގައި އޮތް އީދު ޝޯގައި ޝިފާ ބައިވެރިވުމުން ރައްޔިތުން ގެޔަށް!

ޝިފާ ކަމަށް ބެލެވޭ އަންހެނަކު އެހެން އަންހެނަކާ ގައިގޯޅިވެ އުޅޭތަން ފެންނަ އިތުރު ވީޑިއޯތަކެއް!
