logoEN
cocacola
އުދައަރާ ސަރަހައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް މިދަނީ ކުރަމުން - ފަރެސްމާތޮޑާ ކައުންސިލް

އުދައަރާ ސަރަހައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް މިދަނީ ކުރަމުން - ފަރެސްމާތޮޑާ ކައުންސިލް

ޙުސައިން އާހިލް

logo

7/1/2022, 9:54:28 PM

# ގދ.ފަރެސްމާތޮޑާ

Faresmaathoda

ގދ ފަރެސްމާތޮޑާއަށް މިއަދު އުދައަރައި ގެއްލުން ލިބުމުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެރަށު އުދައަރާ ސަރަހައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

"ގާފު" އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލް ނައިބު ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ، މިއަދު އެރަށަށް އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެގޮތުން 6 ގެޔަކަށް އުދައެރުމުގެ ސަބަބުން ލޮނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

6 ގެޔަކަށް އުދައެރުމުގެ ސަބަބުން ލޮނު ވަދެފައިވަނީ. އެހެން ނަމަވެސް ހިފާގެންގުޅޭ އެއްވެސް ތަކެއްޗަކަށް ގެއްލުމެއް ނުލިބޭ. ނޭޗަރ ޕާކަށް އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ." ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވިއެވެ.

ނަސްރުﷲ އިތުރަށް ވިދާޅުވީ، އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާރު އެރަށު ކައުންސިލާއި، ފަރެސްމާތޮޑާ ސިއްޙީމަރުކަޒު ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ވެހިކަލްތައް ބޭނުންކޮށްގެން އެސަރަހައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު މިގެންދަނީ ޖަމްބޯ ބޭގް ޖަހައި އެސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން. މިކަމުގައި ކައުންސިލާއި، ސިއްޙީމަރުކަޒު އަދި އެމްޓީސީސީ އާއި ފެނަކައިގެ އިތުރުން ރަށުގެ ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބެމުންދަނީ." - ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ ވިދާޅުވިއެވެ.

ފަރެސްމާތޮޑާގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަކަށް މިއަދު ވަނީ އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ކުރިއަށް އޮތް ދެދުވަހުވެސް މޫސުން ގޯސްވެ އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ