
ފަރެސްމާތޮޑާ އެއާޕޯޓުގެ 55 ޕަސެންޓު މަސައްކަތް ނިންމައިފި
# އެމްޓީސީސީ# ގދ.ފަރެސްމާތޮޑާ# ފަރެސްމާތޮޑާ އެއާޕޯޓުFUzkrXQaUAA8JrN
ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އެއާޕޯޓު މަޝްރޫއުގެ 55 ޕަސެންޓު މަސަައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑެއްގައި ކުރިއަށް ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 55 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެއާޕޯޓުގެ ފަޔަރ ބިލްޑިންގ އާއި ރަންވޭގައި ތާރު އަޅައި ނިންމުމުގެ މަސައްކަތް ކަމަށެވެ.
Gdh. Faresmathoda Airport Development Project is well underway, with overall 55% project progress. Construction of Fire Building and Runway Wearing Course Works are currently ongoing, with 87% and 70% completion respectively.#MTCCProjects #RayyithungeKunfuni pic.twitter.com/d593camdyZ
— MTCC Plc (@MTCCPlc) June 9, 2022
އެއަރޕޯޓު ރަންވޭގެ ތާރުއެޅުމުގެ މަސައްކަތްތައް މި ޖޫން މަސް ތެރޭގައި މުޅިން ނިންމާނެކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ރަށާއި އެއަރޕޯޓާއި ދެމެދު ގާތްގަނޑަކަށް 800 މީޓަރު ހުންނާނެއެވެ. ކޯޒްވޭ ހެދުމަށް 19200 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެ ރަށުގައި ތަރައްގީ ކުރާ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީ ކުރާ އެއާޕޯޓެކެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫއު ފަށާފައިވަނީ ކުރީގެ ރައީސް، ރައީސް ޔާމީންގެ ސަރުކާރުންނެވެ.
ގުޅުންހުރި

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

ގއ އަތޮޅު ސްކޫލުގެ މަލްޓި ޕާޕަސް ހޯލްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
