
ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށް!
# ގދ.ފަރެސްމާތޮޑާ# ޕްލޭނިން މިނިސްޓްރީ# ފަރެސްމާތޮޑާ އެއާޕޯޓުFb4mMvEaMAAAdoa
ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކުރަމުންދާ އެއާޕޯޓުގެ 55 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މުޅި މަސައްކަތުގެ 55 ޕަސެންޓު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޓާމިނަލް އިމާރާތުގެ ސާވިސަސް މަސައްކަތްތަކާއި، ފަޔަރ އިމާރާތުގެ ފިނިޝިން މަސައްކަތުގެ އިތުރުން ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންގައި ތާރުއެޅުމުގެ މަސައްކަތް ކަމަށެވެ.
އެ ރަށުގައި ތަރައްގީ ކުރާ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީ ކުރާ އެއާޕޯޓެކެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫއު ފަށާފައިވަނީ ކުރީގެ ރައީސް، ރައީސް ޔާމީންގެ ސަރުކާރުންނެވެ.