logoEN
cocacola
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ލަންކާ ގައުމީ ޓީމްގެ ކެޕްޓަން އައުޓްލޯޒްއަށް!

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ލަންކާ ގައުމީ ޓީމްގެ ކެޕްޓަން އައުޓްލޯޒްއަށް!

ޙުސައިން އާހިލް

logo

6/28/2022, 8:36:18 PM

# ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# އައުޓްލޯޒް

GMG_6164

ހަވަރު ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ މިއަހަރުގެ މުބާރާތް ކަމުގައިވާ "މަކިޓާ ހަވަރު ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓް 2022" ފާހަގަ ވަނީ ހުރިހާ ގޮތަކުންވެސް ތަފާތު އަދި އެހާމެ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ. މުބާރާތް ފެށުމަށް އަދި ދުވަސްކޮޅެއް އޮތް ނަމަވެސް މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުން ފެންނަމުންދަނީ ކުޅުންތެރިންގެ ވާދަވެރިކަމާއި އެއް ޓީމަށްވުރެ އަނެއް ޓީމަށް ގެނެވޭ ކުޅުންތެރިންގެ ރޭންކިން މަތިކުރަން ކުރާ މަސައްކަތެވެ.

ގޮސިޔާ

މުބާރާތުގައި ހަތް ޓީމަކުން ބައިވެރިވެފައިވާއިރު، ބައެއް ޓީމްތަކުގައި ބައިނަލްއަގްވާމީ ކުޅުންތެރިންވެސް ހިމަނާފައި އެބަތިއްބެވެ. އެގޮތުން ބަލާނަމަ ޔޫރަޕްގެ ކުޅުންތެރިންނާއި ރާއްޖޭގެ އަވަށްޓެރި ބައެއް ގައުމުތަކުގައި ހޭންޑްބޯލް ކުޅިވަރުގައި ފާހަގަކޮށްލެވޭ ނަން މަޝްހޫރު ކުޅުންތެރިންވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމުތަކުގައި ހިމަނާފައި އެބަ ތިއްބެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކު އިނީ މުބާރާތުގައި ބައިވެރިވެފައިވާ އައުޓްލޯޒް ޓީމުގައެވެ. އެއީ އަވަށްޓެރި ސްރީލަންކާގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކެޕްޓަން، ހަރްޝިކާ އުދޭޔަންގަން އެވެ.

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމްނެޓް 2022 ގައި ހަރްޝިކާ ކުޅޭނީ އައުޓްލޯޒްގެ 15 ނަމްބަރު ޖާޒީގައެވެ. ހަރްޝިކާ ނިސްބަތްވާ، ސްރީލަންކާގެ ގައުމީ ޓީމްގެ ކޯޗަކީ ސާބިއާގެ ކޯޗެކެވެ. ހަރްޝިކާގެ އިތުރުން ލަންކާގެ ގައުމީ ޓީމުގެ އިތުރު ކުޅުންތެރިއަކުވެސް އައުޓްލޯޒްއަށް ގެނެސްފައި އެބަހުއްޓެވެ. އެއީ މިހިރިނީ ސަޝިކަލާ އެވެ. އައުޓްލޯޒްއަށް އޭނާ ކުޅޭނީ ޖާޒީ ނަމްބަރު 10 ގައެވެ.

އައުޓްލޯޒްގެ އިތުރުން ދެން މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ކުޅުންތެރިންގެ ތެރޭގައި ބައިނަލްއަގްވާމީ ކުޅުންތެރިން ހިމެނޭ ޓީމްތަކަކީ، ވިކްސެން އާއި ބީސީ ހަބޭސް އަދި ފިޓް ފެމިނިން އެވެ. ވިކްސެން އަށް ގެނެސްފައިވަނީ އިންޑިއާގެ ދެ ކުޅުންތެެރި އެކެވެ. އެއީ ރީތޫ ޕަލް އާއި ސަޕްނާ ކަޝްޔަޕް އެވެ. ބީސީ ހަބޭސްއަށް ގެނެސްފައިވަނީ ސާބިއާގެ ދެ ކުޅުންތެެރިން ކަމުގައިވާ އަންޖާ ބެލިކް އާއި ކްރިސްޓީނާ ވިޖަނޮވިކް އެެވެ. ފިޓް ފެމިނިން އަށް ގެނެސްފައިވަނީ ހަވަރު ސްޕޯޓްސްއިން މީގެ ކުރިން ބޭއްވި މުބާރާތްތަކުންވެސް ފެނިފައިވާ ބަންގްލަދޭޝްގެ ކުޅުންތެރިޔާ، ސުމީ ބޭގަމް އާއި މުސައްމަތު މަސޫދާ އެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރގެ ގޮތުގައި ނޯވާޓެކް ހަމަޖެއްސިއިރު، އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ އަންހެން ހޭންޑް ބޯލް މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ