logoEN
Sto top
އަނދުން ހުސައިންގެ ލީކުވެފައިވާ ފޮޓޯގެ މައްސަލަ ބަލަން ފަށައިފި

އަނދުން ހުސައިންގެ ލީކުވެފައިވާ ފޮޓޯގެ މައްސަލަ ބަލަން ފަށައިފި

އައިޝަތު އިފާޝާ

logo

6/25/2022, 12:57:55 PM

# ފުލުހުން# ޖިންސީ ކުށް

breaking ބްރޭކިންގް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Wamco

އަނދުން ހުސެއިން އާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށާފައި މިވަނީ އޭނާއާ އިތުރު ފިރިހެނެއް ހިމެނޭހެން އަންހެނަކާއެކު ބަރަހަނާ ހާލުގައި ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ ވެސް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި އޭނާގެ ތަހުގީގު ކުރިއަށްދާތީ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.

ނާޒިމް އާއި ބިދޭސީ ފިިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގައި ފެންނަނީ ނާޒިމް ނޫން ކަމަށް ބުނެ ނާޒިމް ވަނީ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފައެވެ.

ވީޑިއޯގެ މައްސަލައާ ގުޅިގެން ނާޒިމް ރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެއެވެ. ފުލުހުން ހަމައެކަނި ބުނެފައި ވަނީ އޭނާ ހާޒިރު ކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside