ގާފު ކުރުވާހަކަ މުބާރާތުގެ ވަނަތައް އިއުލާނުކޮށްފި!
ގާފު އެޑިޓޯރިއަލް
6/23/2022, 8:38:40 PM
oggr
ގާފު ކުރުވާހަކަ މުބާރާތުގެ ވަނަތައް މިރޭ އިއުލާނުކޮށްފި އެވެ.
މިއަހަރުގެ ރޯދަމަހާ ދިމާކޮށް ގާފު މީޑިއާ ގްރޫޕުގެ ފަރާތުން ގާފު އޮންލައިންގައި ކުރިއަށް ގެންދިޔަ "ގާފު ކުރުވާހަކަ މުބާރާތު" ގެ ވަނަތައް މިރޭ އިއުލާނުކޮށްފައިވާއިރު، ވާހަކަތަކަށް އިންސާފުކޮށްފައިވަނީ ފަނޑިޔާރުންގެ 80 އިންސައްތަ މާކްސް އާއި ވިއުސްގެ 20 އިންސައްތަ މާކްސް އަށް ބަލައިގެންނެވެ.
އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރާއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަށް ހުށަހެޅި ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު ވާހަކައާއި ދެވަނައަށް އެންމެ މޮޅު ވާހަކަ އާއި ތިން ވަނައަށް އެންމެ މޮޅު ވާހަކަ ވަނީ ހޮވާފައެވެ.
ގާފު ކުރުވާހަކަ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދާފައިވަނީ މަރިޔަމް އަންޖުމް މުހުތާބްގެ "އުފާވެރި ޗުއްޓީއެއްގެ ހިތި ނިމުން" އެވެ. އަންޖުމްގެ މި ވާހަކައަށް ޖުމްލަ 94.9 އިންސައްތަ މާކްސްވަނީ ލިބިފައެވެ.
މި މުބާރާތުގެ ދެވަނައަށް ހޮވިފައިވަނީ އައިމިނަތު ލީނާގެ "ހިތި ހަނދާންތައް" އެވެ. ލީނާގެ މިވާހަކައަށް ލިބިފައިވަނީ ޖުމްލަ 76.9 އިންސައްތަ މާކްސް އެވެ.
އަދި މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ފާތިމަތު އުލްފާ އަބްދުﷲ ގެ "އެ ހަނދާން ފޮހެވޭތޯ ބެލިޔަސް" އެވެ. މިވާހަކައަށް ޖުމްލަ ލިބިފައިވަނީ 74.6 އިންސައްތަ މާކްސް އެވެ.
މުބާރާތުގެ އެއްވަނަ ހޯދި ފަރާތަށް ދިނުމަށް ހަމަޖެހިފައިވަނީ "ޖެނުއިން އިލެކްޓްރޯނިކްސް" ގެ ފަރާތުން ސްޕޮންސަރކޮށްފައިވާ ލެޕްޓޮޕެކެވެ. އެ ލެޕްޓޮޕްގެ އަގަކީ 12،000 ދިވެހި ރުފިޔާއެވެ.
ޖެނުއިން އިލެކްޓްރޯނިކްސްއިން ސްޕޮންސަރކޮށްފައިވާ ލެޕްޓޮޕް ގެ ސްޕެސިފިކޭޝަންތައް:
ޕްރޮސެސަރ: އިންޓެލް ކޯރ އައި3
ރެމް: 4 ޖީބީ
ހާޑް ޑިސްކް: 1 ޓީބީ
ޑިސްޕްލޭ: 15 އިންޗް
ދެވަނަ އަދި ތިން ވަނައަށް ދިޔަ ވާހަކަތަކަށް ދޭ އިނާމުތައް:
ދެވަނަ އަށްދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް
ތިން ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާގެ އަގުހުރި އިނާމެއް
ދިވެހިބަހުން ކުރުވާހަކަ ލިޔުމުގެ ރޮނގުން ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިކުރުވުމާއި ކުޅަދާނަ ވާހަކަ ލިޔުންތެރީން އުފެއްދައި، ވާހަކަ ލިއުންތެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ގާފު މީޑިއާ ގްރޫޕުން ކުރިއަށް ގެންދިޔަ މި ވާހަކަ މުބާރާތުގައި 16 ވާހަކައެއް ހުށަހަޅާފައިވެއެވެ.