logoEN
cocacola
ގާފު ކުރުވާހަކަ މުބާރާތުގެ ވަނަތައް އިއުލާނުކުރުން ޖޫން 23 ގައި!

ގާފު ކުރުވާހަކަ މުބާރާތުގެ ވަނަތައް އިއުލާނުކުރުން ޖޫން 23 ގައި!

# ޖެނުއިން އިލެކްޓްރޯނިކްސް# ގާފު ކުރުވާހަކަ މުބާރާތް 2022

oggr

މިއަހަރުގެ ރޯދަމަހާ ދިމާކޮށް ގާފު މީޑިއާ ގްރޫޕުގެ ފަރާތުން ގާފު އޮންލައިންގައި ކުރިއަށް ގެންދިޔަ "ގާފު ކުރުވާހަކަ މުބާރާތު" ގެ ވަނަތައް ޖޫން 23 ގައި އިއުލާނުކުރުމަށް ހަމަޖެހިއްޖެ އެވެ.

ގޮސިޔާ

އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރާއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަށް ހުށަހެޅި ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު ވާހަކައާއި ދެވަނައަށް އެންމެ މޮޅު ވާހަކަ އާއި ތިން ވަނައަށް އެންމެ މޮޅު ވާހަކަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އެއްވަނަ އަށްދާ ފަރާތަށް ދިނުމަށް ހަމަޖެހިފައިވަނީ "ޖެނުއިން އިލެކްޓްރޯނިކްސް" ގެ ފަރާތުން ސްޕޮންސަރކޮށްފައިވާ ލެޕްޓޮޕެކެވެ. އެ ލެޕްޓޮޕްގެ އަގަކީ 12،000 ދިވެހި ރުފިޔާއެވެ.

ޖެނުއިން އިލެކްޓްރޯނިކްސްއިން ސްޕޮންސަރކޮށްފައިވާ ލެޕްޓޮޕް ގެ ސްޕެސިފިކޭޝަންތައް:

ޕްރޮސެސަރ: އިންޓެލް ކޯރ އައި3

ރެމް: 4 ޖީބީ

ހާޑް ޑިސްކް: 1 ޓީބީ

ޑިސްޕްލޭ: 15 އިންޗް

ދެވަނަ އަދި ތިން ވަނައަށް ދާ ވާހަކަތަކަށް ދޭ އިނާމުތައް:

ދެވަނަ އަށްދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް

ތިން ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާގެ އަގުހުރި އިނާމެއް

މި މުބާރާތުގެ ވަނަތައް ހޮވުމުގައި އިންސާފުކޮށްފައިވާނީ، ވާހަކަ ޝާއިއުކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތުގައި ކިޔުންތެރިންގެ މަގުބޫލުކަން ލިބިފައިވާ މިންވަރާއި، ފަނޑިޔާރުންގެ ޕެނަލުން ދިފައިވާ މާކްސްތައް ހިމެނޭ ގޮތަށެވެ.

ދިވެހިބަހުން ކުރުވާހަކަ ލިޔުމުގެ ރޮނގުން ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިކުރުވުމާއި ކުޅަދާނަ ވާހަކަ ލިޔުންތެރީން އުފެއްދައި، ވާހަކަ ލިއުންތެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ގާފު މީޑިއާ ގްރޫޕުން ކުރިއަށް ގެންދިޔަ މި ވާހަކަ މުބާރާތުގައި 16 ވާހަކައެއް ހުށަހަޅާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ