logoEN
cocacola
ޕޫޓިންގެ ނިއުކްލިއަރ ކޮންޓްރޯލް ބްރިފްކޭސް ގެންގުޅޭ ކާނަލް ގަޔަށް ބަޑިޖަހައިފި

ޕޫޓިންގެ ނިއުކްލިއަރ ކޮންޓްރޯލް ބްރިފްކޭސް ގެންގުޅޭ ކާނަލް ގަޔަށް ބަޑިޖަހައިފި

ޙުސައިން އާހިލް

logo

6/22/2022, 3:30:35 PM

# ރަޝިއާ# ދުނިޔެ

0_PAY-Zhirinovskys-funeral-Vladimir-Putin-nuclear-briefcase-east2west-news

ރަޝިއާގެ ރައީސް، ލެޑިމިއަރ ޕޫޓިންގެ ނިއުކްލިއަރ ކޮންޓްރޯލް ބްރިފްކޭސް ގެންގުޅޭ ކާނަލް ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްފައި އޮއްވައި ފެނިއްޖެއެވެ.

ގޮސިޔާ

ޚަބަރުތައް ބުނާ ގޮތުގައި، ރިޓަޔަޑް ކާނަލް ވަޑީމް ޒިމީމް ގަޔަށް ބަޑިޖަހާފައިި އޮތްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ތެރެއިންނެވެ. އޭނާ އަކީ ޕޫޓިންގެ ސިއްރު އެޖެންޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އަކީ އެގައުމުގެ ފެޑެރަލް ސެކިއުރިޓީ ސާވިސްގެ އެޖެންޓެކެވެ.

މީގެ ކުރިން ނަގާފައިވާ އޭނާ ފެންނަ ބައެއް ފޮޓޯތަކުގައި، ބްރިފްކޭހެއް ގެންގުޅޭ މަންޒަރު ފެެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ބްރިފްކޭހަކީ ޕޫޓިންގެ އަރިހުގައި އަބަދުވެސް އޮންނަން ޖެހޭ، އެގައުމުގެ ހުރިހާ ނިއުކްލިއަރ ހަތިޔާރެއް ކޮންޓްރޯލް ކުރެވޭ ރިމޯޓެވެ. ޕޫޓިންގެ އަރިހުގައި މި ބްރިފްކޭސް އަބަދުވެސް ގެންގުޅެފައިވަނީ ވަޑީމް އެވެ.

undefined

އުމުރުން 53 އަހަރުގެ ވަޑީމްއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. މިފަދަ ހަމަލާއެއް އޭނާއާ އަމާޒުވިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ނެގުމުގެ މައްސަލައެއްގެ ތަހުގީގު ދަނީ ކުރެވެމުންނެވެ. އެ ތަހުގީގަށް އޭނާ ހުރީ ގޭބަންދުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައި އޮއްވައި ފެނިފައިވަނީ އޭނާގެ ބޭބެއަށެވެ. ބަޑި ޖެހި ވަގުތު އޭނާ ހުރީ ފާޚާނާގައެވެ. ފާޚާނައިން ނުކުތް އިރު ވަޑީމް އޮތީ ލެއިން ތަތްތެޅިފައެވެ. ބަޑި ޖެހި މީހުންގެ ހަމަލާ އަމާޒުކޮށްފައިވަނީ ވަޑީމްގެ ބޮލަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ