
New Project (31)
ޓެކްސަސްގައި ބައްޕައަކު އޭނާގެ އުމުރުން 9 އަހަރުގެ ދަރިފުޅަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ޑަލަސްގެ އަވަށެއް ކަމަށްވާ މެކްކިނީގައި ހުންނަ އެ އާއިލާގެ ގެއިން ހުކުރު ދުވަހުގެ މެންދުރު އެ ކުއްޖާ ފެނުނީ ލެއިން ތަތްތެޅިފައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް އެހާދިސާގެ ރިޕޯޓުކޮށްފައިވަނީ އެކުއްޖާގެ މަންމަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ އެތަނަށް ގޮސް ގަދަކަމުން ގެއަށް ވަދެފައެވެ. އަދި ފުލުހުން ވަން އިރު އެކުއްޖާގެ ބައްޕަ ދިޔައީ އޭނާގެ އަމިއްލަ ހަށިގަނޑަށް ވަޅި ހަރަމުން ކަމަށްްވެސް ފުލުހުންނާ ހަވާލާދީ މީޑިއާރިޕޯޓުތައް ބުނެއެވެ.
އަދި ފުލުހުންނަށް ވަނީ އެމީހުންގެ ގޭގެ ގަރާޖުގެ ތެރެއިން ޒަޚަމްތަކަކާއެކު ކުއްޖާ އޮއްވާ ފެނިފައެވެ. އަދި ފުލުހުން ބުނި ގޮތުގައި އެމީހުން އެތަނަށް ދިޔައިރުވެސްް އެކުއްޖާ އޮތީ މަރުވެފައިކަމަށެވެ.
ކުއްޖާގެ ބައްޕައަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ފަހުގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގުޅުންހުރި

ބައްޕައަކު އުމުރުން 9 އަހަރުގެ ދަރިފުޅަށް ވަޅިން ހަމަލާދީ މަރާލައިފި

މުޒާހަރާގައި ތައި ރާނީ ފަދައިން ހެދުންއެޅި އެކްޓިވިސްޓަކު ޖަލަށް

ތޫފާނާއި އެކު ޗައިނާގެ އެންމެ ބޮޑު ސިޓީގެ ފްލައިޓްތައް ކެންސަލްކޮށްފި
