
Mifco-Masveri-Divers-scaled-pqcrbr0fb2pu4wbzsvd9mcean80z0ih5zir9q7nibs
މަސްވެރިންނަށް ޚާއްސަކޮށްގެން އަންނަ މަހު އޯޕެން ވޯޓާރ ޑައިވިން ކޯސްތަކެއް ފަށަން ނިންމައިފިއެވެ.

"މިފްކޯ މަސްވެރި ޑައިވަރުން" ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ މިފްކޯއާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ ގުޅިގެންނެވެ. އިއްޔެ އެކަމުގެ އެއްބަސްވުމުގައި ދެފަރާތުން ވަނީ ސޮއިކޮށްފައެވެ.
އެ ޕްރޮގްރާމުގެ ދަށުން ޑައިވިން ކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިންނާއި ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭހެން ހޭލުންތެރިކަން އިތުރުކުރުމަށާއި ފީނައިގެން އެންދަމާ މަސްވެރިންނަށް ޚާއްސަކޮށްގެން ޑައިވިންގ ކޯސްތައް ކުރިއަށް ގެންދިއުމަށް ރާވާފައި ވެއެވެ.
މި ހަރާތުގެ ފުރަތަމަ ފިޔަވަހީގެ ޑައިވިން ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ހުވަދުއަތޮޅުގެ ރަށްތަކުގެވެ. އެގޮތުން ފުރަތަމަ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ފަހު ހަފްތާގައި ގއ. ގެމަނަފުށީގައެވެ.
އޯޕެން ވޯޓާރ ޑައިވިން ކޯހުގެ އިތުރުން ރެސްކިއު އަދި އެމަޖަންސީ ފަސްޓް ރެސްޕޮންޑަރ ކޯސްވެސް މަސްވެރިންނަށް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިފްކޯގެ އިތުރުން އެސްޓީއޯއާއި، އެމްއޭ ސާވިސަސްގެ އެހީތެރިކަމާ އެކުގައެވެ.
ގުޅުންހުރި

މިފްކޯއިން, ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށައިފި

ޖުލައި މަހުގެ ނިޔަލަށް މަސްވެރިންގެ ދަފްތަރުގައި ދަފްތަރުވި 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މިމަހު މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށަނީ
.webp&w=3840&q=75)