logoEN
WAMCO TOP 1
ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފި

ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފި

# ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން# ބީސީސީ# މިފްކޯ# ޕީސީބީ

ކީ ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބީސީސީ އަދި މިފްކޯގެ ބޯޑަށް އައްޔަންކުރި ޑިރެކްޓަރުން

ސަރުކާރު ހިއްސާވާ ތިިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފި އެވެ.

THE TRAVELLER AD

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިކަން ރަސްމީކޮށް ހާމަކޮށް މަގާމަށް އައްޔަންކުރި ފަރާތްތަކުގެ ނަން ވަނީ އާންމުކޮށްފަ އެވެ.

ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފައިވާ ކުންފުނިތަކަކީ ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އަދި މިފްކޯ އެވެ.

އެގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އައްޔަންކޮށްފައިވަނީ ހއ.ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލް ވަހީދެވެ. އަދި އޭނާ އައްޔަންކޮށްފައިވަނީ އެކައުންޓިންގް އެންޑް ފައިނޭންސްގެ ދާއިރާ އަށެވެ.

މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ސ.ފޭދޫ، އާާބާދީގެ، ޣާޒިޔާ ފަތުހީ އައްޔަންކޮށްފައިވާއިރު، ބީސީސީގެ ޑިރެކްޓަރުންެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ.ހިތަދޫ، މީނާޒް، އީނާސް ނަސީރު އެވެ، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ޣާޒިޔާ ހަމަޖައްސާފައިވަނީ އެކައުންޓިންގް އެންޑް ފައިނޭންސްގެ ދާއިރާ އަށެވެ.

ކޮމެންޓް
ފަހުގެ
HDC