logoEN
WAMCO TOP 1
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

# މިފްކޯ# މަސްވެރިން# އައިސް ޕްލާންޓު

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސްވިއްކުމުގެ ތެރެއިން- ފޮޓޯ:މިފްކޯ

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާކަމަށް މޯލްޑިވްސް އިންޑަސްްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފި އެވެ.

THE TRAVELLER AD

މިފްކޯއިން ކަނޑުއޮތްގިރީގައި ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލޭންޓެއް ތަރައްގީކޮށްފައިވަނީ އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަން އިތުރަށް ފުޅާކުރުން ކަމަށެވެ. އަދި ކުރިއަށްއޮތްތާގައި އިތުރު ވަސީލަތްތަކާއެކު މިހާރަށްވުރެ ފުޅާކޮށް ކަނޑުއޮތްގިރި ހިންގާނެ ކަމަށް މިފްކޯއިން ހާމަކުރި އެވެ.

މީގެއިތުރުން މިފްކޯއިން ކަނޑުއޮތްގިރީގައި ހިންގާ އޮޕަރޭޝަން ފުޅާކޮށް ހަރުދަނާ ކުރުމުގެ ތެރެއިން، ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއެއްވެސް މިމަހުގެތެރޭގައި ވަނީ ހުޅުވާފަ އެވެ. އަދި އެތަނަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުޚާނާއެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. މި ކާރުޚާނާއިން ރޯމަސް ގެނެސް، ކަނޑައި މަސް ކެއްކުމުގެ އިތުރުން، މަސް ދިލަ ޖައްސާ ޕެކް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިކަން ހައްލުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އައިސް ޕްލާންޓްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަކީ 9500 މެޓްރިކް ޓަނުގައިހުރި އިރު އެ އަދަދު 25000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި މިހާރުވެސް 4 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC