logoEN
WAMCO TOP 1
ކަނޑުއޮތްގިރި ކާރުޚާނާއާއެކު މާލެ ސަރަހައްދުގެ ލޮޖިސްޓިކް ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ: އަނަސް

ކަނޑުއޮތްގިރި ކާރުޚާނާއާއެކު މާލެ ސަރަހައްދުގެ ލޮޖިސްޓިކް ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ: އަނަސް

އަހުމަދު ޝުރާއު

logo

7/13/2026, 4:52:38 PM

# މިފްކޯ

-

ކަނޑުއޮތްގިރީގައި މިފްކޯއިން ހުޅުވި ހިކިމަސް ކާރުޚާނާގެ ސަބަބުން، މާލެ ސަރަހައްދުގެ ބާޒާރަށް ތަކެތި ފޯރުކޮށްދިނުމުގައި ދިމާވާ ލޮޖިސްޓިކް ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއާއި އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، މިއީ ގައުމީ ބާޒާރަށް ޚާއްސަކޮށްގެން މިފްކޯއިން އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މާލެއާ ކައިރިން މިފަދަ ޚިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ގޮންޖެހުންތަކަށް ލުއި ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" ސީއީއޯ އަނަސް ވިދާޅުވިއެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ، މި ކުރިއެރުމާއެކު ކޫއްޑޫން އުފައްދާ ތަކެތި ދެކުނުގެ އަތޮޅުތަކަށް ޚާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށެވެ. އަދި މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން އިތުރުކުރެވި، ރައްޔިތުންނަށް ހެޔޮ އަގެއްގައި މަހުގެ ބާވަތްތައް ފޯރުކޮށްދިނުމަށް މިއީ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަނޑުއޮތްގިރީގައި މިއަދު ހުޅުވި ހިކިމަސް ކާރުޚާނާއަކީ ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މިއަދުން ފެށިގެން މި ކާރުޚާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައްވެސް ތައްޔާރުކުރަން ވަނީ ހަމަޖެހިފައެވެ.

އަދި މިއަދު ހުޅުވި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނުގެ އައިސް އުފެއްދޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC